އިސްލާމިކް މިނިސްޓްރީ

ހައްޖު އުމްރާ ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

ހައްޖަށް ދިޔުމަށް ބަޔަކު ފުރަނީ -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖެގައި ބާއްވަން ހަމަޖެހިފައިވާ އެންމެ ފުރަތަމަ ހައްޖު އުމްރާ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ހައްޖާއި އުމްރާއަށް ދާ މީހުންނަށް ހާއްސަ ހިދުމަތްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ކޮންފަރެންސެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމު ކުރާ މި ކޮންފަރެންސް އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.

މި ކޮންފަރެންސްގައި އޮންލައިންކޮށް ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކޮންފަރެންސްގައި ބައިވެރިވުމުގެ ދައުވަތު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ އެކި ފަރާތްތަކަށް ފޮނުވާފައިވާ ކަމަށެވެ.

ރާއްޖޭގައި ހައްޖާއި އުމްރާއަށް ދާ ގިނަ މީހުން ގެންދަނީ ހައްޖު ކޯޕަރޭޝަންގެ ދަށުންނެވެ. ނަމަވެސް އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ދަތުރުކުރާ މީހުންވެސް މަދެއް ނޫނެެވެ.

އަމިއްލަ ކުންފުނިތަކާއެކު ދަތުރުކުރާ މީހުންނަށް ކުންފުނިތަކުގެ އިހްމާލުންނާއި ހިންގާ ހިޔާނަތުގެ އަމަލުތަކުގެ ސަބަބުން ބައެއް މީހުންނަށް ވަރަށް ބޮޑެތި ގެއްލުންތައްވެސް ލިބިފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910