ހަބަރު

ހައްޖަށް މީހުން ގެންދަން ޕްރޮޕޯޝަލަށް ހުޅުވާލައިފި

Apr 16, 2019
މީގެ ކުރިން ހައްޖަށް ފުރަން ގޮސް ތިބި ބައެއް: -- އަވަސް ފޮޓޯ: އަހުމަދު ޝުރާއު
100%
0%
0%

މިހިނގާ 1440 ވަނަ އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިނިސްޓްރީން އިއްޔެ ކުރި އިއުލާންގައި ވަނީ، ހައްޖަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހެޅޭނީ އިއްޔެ ގެޒެޓް ކޮށްފައިވާ "ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ" އުސޫލުގައިވާ ގޮތުގެ މަތީން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިން މިއަންނަ ބުރާސްފަތި ދުވަހު މިނިސްޓްރީގައިި އޮންނާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ، މިއަދުން ފެށިގެން މިމަހުގެ 28 ގެ ނިޔަލަށް ޕްރޮޕޯޝަލަށް ފައިސާ ބަލައިގަތުން ކުރިއަށްދާނެ ކަމަށެވެ. ޕްރޮޕޯޒަލް ހުށަހެޅޭނީ 10،000 ރުފިޔާގެ ފީއަކާ އެކު ކަމަށެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުން މިމަހުގެ 29 ގައި ހުޅުވާލާނެ ކަމަށެވެ. ޕްރޮޕޯޒަލް ހުށަހެޅޭނީ ޕްރީބިޑް މީޓިންގަ ބައިވެރިވި ފަރާތްތަކާއި ފީ ދެއްކި ކުންފުނިތަކަށް އެކަނި ކަމަށްވެސް އިއުލާންގައި ވެެއެވެ.

އިއުލާންގައި ވަނީ، ޕްރޮޕޯސަލް ހުށަހަޅާއިރު ސިޓީ އުރައިގެ ބޭރުގައި "1440 ވަނައަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔަންވާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910