އަވައްޓެރި ސްރީލަންކާގައި ބާއްވާ ސަރަހައްދީ ޓޫރިޒަމް ބޮޑު ބައްދަލުވުމެއްގައި ތަގުރީގު ކުރުމުގެ ފުރުސަތު ރާއްޖޭ ޓޫރިޒަމްގެ މުހިންމު ފަރާތްތަކަށް ދީފި އެވެ.
ހޮސްޕިޓާލިޓީ އިންވެސްޓްމަންޓް ކޮންފަރެންސު،އިންޑިއަން އޯޝަން (އެޗްއައިސީއައިއޯ) ގައި ތަގުރީރު ކުރުމުގެ ފުރުސަތު ރާއްޖޭން ލިބިފައިވާ ބޭފުޅުންގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރާއި ކްރައުން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ސަލީމްގެ އިތުރުން ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ޓްރެވަލް ސިޔާމް) ހިމެނިވަޑައި ގަނެވެ އެވެ. މީގެ އިތުުރުން ހިމެނޭ ބޭފުޅުންގެ ތެރޭގައި ހޮޓްލިޔާ މެގަޒިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހަމްދޫހް އާއި މޯލްޑިވް ގެޓްވޭސްގެ ޑިރެކްޓަރު ބިޒްނަސް ޑިވްލޮޕްމަންޓް ޑރ. ހުސެއިން ސަނީ އުމަރުގެ އިތުރުން ރިއެލޯ އިންވެސްޓްމަންޓުގެ ސީއީއޯ މުހައްމަދު ހަލީލް ހިމެނި ވަޑައިގަނެ އެވެ.
މި ކޮންފަރެންސް އޮތީ ސްރީލަންކާގެ ހިލްޓަން ހޮޓަލުގައި މިމަހުގެ 24-25 މި ދެދުވަހުވެ އެވެ. މި ބައްދަލުވުމުގައި 13 ގައުމެއްގެ 150 ފަރާތަކުން ބައިވެރިވެރިވެ އެވެ. މި ބައްދަލުވުމުގައި އެކި ގައުމުތަކުގެ އިންވެސްޓަރުންނާއި ހޮޓެލް އޮޕަރޭޓަރުން ބައިވެރިވާނެ އެވެ. މިއީ މި ކޮންފަރެންސް ބާއްވާ ތިންވަނަ އަހަރެވެ.