ވިޔަފާރި

"ބަގްލިއޯނީ"ގެ ފުރަތަމަ ރިސޯޓު ދ. އަތޮޅުގައި ހުޅުވަނީ

Aug 20, 2016
1
  • މާގުގައި 99 ވިލާ ހުރޭ
  • ބޮޑު ޕްރެޒިޑެންޓަސް ތިން ވިލާ
  • ތިން ރެސްޓޯރެންޓް

އިޓަލީގެ މަޝްހޫރު ޓޫރިޒަމް މަރުކާ "ބަގްލިއޯނީ ހޮޓެލްސް" ގެ ފުރަތަމަ ރިސޯޓު އަންނަ އަހަރު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ "ސީއައިޓީ" ނިއުސްގައިވާ ގޮތުން ދ. މާގުގައި ތަރައްގީ ކުރަމުން ގެންދާ 99 ވިލާގެ މި ރިސޯޓުގައި މޫދު ކޮޓަރިތަކާއި ބީޗް ކޮޓަރިތައް ހުރެ އެވެ. މީގެ އިތުރުން މި ރިސޯޓު ފަރުމާކޮށްފައިވަނީ 870 ސްކެއާ މީޓަރުގެ ޕްރެޒިޑެންޓަސް ތިން ވިލާވެސް ހުންނާނެ އެވެ. ޕްރެޒިޑެންޓަލް ވިލާތައް ފަރުމާކޮށްފައިވަނީ ޕްރައިވެޓް ޕޫލާއި ޖަކޫޒީ ވެސް ހުންނަ ގޮތަށެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުގައި މި ރިސޯޓުގައި ތިން ރަހައެއްގެ ރެސްޓޯރެންޓް ހުރެ އެވެ. މި ތަންތަނުން އިޓަލީގެ ހަރަތަކާއި އިންޓަނޭޝަނަލް ފުޑް އަދި ޖަޕާނުގެ ރަހަތައް ހިމެނެ އެވެ.

ބަގްލިއޯނީ ހޮޓެލްސްގެ މާގު ތަރައްގީ ކޮށްފައިވަނީ ތިމާވެއްޓާއި ރަހުމަތްތެރި ގޮތަކަށެވެ.