ވިޔަފާރި

ފުޑް އެންޑް ހޮސްޕިޓާލިޓީ ފެއާ 120 ސްޓޯލާއެކު ހޯމަ ދުވަހު ހުޅުވަނީ

Aug 20, 2016
  • ފެއާ އޮންނަނީ ދަރުބާރުގޭގައި
  • ކަލިނަރީ ޗެލެންޖުވެސް އޮންނާނެ
  • ކަލިނަރީ ޗެލެންޖުގައި 450 ޝެފުން

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިޔާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއާ 120 ހޯމަ ދުވަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

"ދިވެހިއެކްސްޕޯއިން" އިންތިޒާމުކޮށްގެން ދަރުބާރުގޭގައި މި މަހުގެ 21-24 އަށް ކުރިއަށްދާ މި އެފްއެޗްއޭއެމް ފެއާގައި ފުރަތަމަ އޮންނަނީ ކަލިނަރީ ޗެލެންޖެވެ. ކަލިނަރީ ޗެލެންޖު އޮންނާނީ މާދަމާ އިން ފެށިގެންނެވެ.

ދިވެހި އެކްސްޕޯގެ އޮފިޝަލަކު ވިދާޅުވީ ފެއާގެ ފުރަތަމަ ދުވަހު އޮންނާނީ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ކަމަށާއި، ކަލިނަރީ ޗެލެންޖަށް ބޮޑު ތަރުހީބެއް ލިބިގެންދާ ކަމަށެވެ.

"ގާތްގަނޑަކަށް 450 ބައިވެރިން ކަލިނަރީ ޗެލެންޖުގައި ބައިވެރިވޭ. ފެއާ އެއާ ކުރިން ފަށަނީ ވެސް އެހެން ވެގެން،" އޮފިޝަލް ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ" ރާއްޖޭގައި ތިބި މަޝްހޫރު ޝެފުންގެ ހުނަރު ދައްކުވައިދޭ ކެއްކުމުގެ ބޮޑު މުބާރާތެކެވެ. މި މުބާރާތުގެ ޖަޖުކަން ކުރަނީ މި ދާއިރާގައި މަޝްހޫރު މީހުންނެވެ.

އެފްއެޗްއޭއެމް ފެއާއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އުފެދުންތައް ވިއްކާ ފަރާތްތައް އެ ފުރާޅެއްގެ ދަށުން ބައްދަލުވާނެ ފެއާ އެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ ކުންފުނިތަކުން ބައިވެރިވެ އެވެ.