ރާއްޖެ ކުޅިވަރު

މެންޗެސްޓާގައި ތަމްރީނު ހަދަމުން އަންނަ ޒާން ވެލެންސިއާ އަށް

މެންޗެސްޓާ ޔުނައިޓެޑްގެ އެކަޑަމީގައި ތަމްރީނު ހަދަމުން އަންނަ ކުޅުންތެރިޔާ އިސްމާއީލް ޒާން އާމިރު ވެލެންސިއާއާ ގުޅިއްޖެ އެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ވިކްޓަރީ އަތުން ބުދަދުވަހުގެ ރޭ ވެލެންސިއާ މޮޅުވި މެޗުގައި އޭނާ ބެންޗުގައިއިނެވެ. ނަމަވެސް ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ)ގެ ކޮއްކޮގެ ބޭނުން ވެލެންސިއާއިން އެންމެ ބޮޑަށް ހިފާނީ އިއްޔެ ފެށި ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގަ އެވެ.

ޒާން ވަނީ އެންމެ ފަހުން އެކުލަވާލި ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވެލެންސިއާ ކުޅޭ ފުރަތަަމަ މެޗުގައި މާދަމާ ކުޅޭނީ ޓީސީއާ އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ޔުނައިޓެޑް ވިކްޓަރީއާ ބައްދަލުކޮށް މާޒިޔާ މޮޅުވީ 3-0އިންނެވެ.