ކުޅިވަރު

ސްޕޯޓްސް ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވައި މުޒާހަރާކޮށްފި

ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލުގެ އިސްތިއުފާއަށް މިރޭ ގޮވާލަނީ
0%
0%
0%

ކުޅިވަރަށް ލޯބިކުރާ ކަމަށް ބުނާ ބަޔަކު ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލުގެ އިސްތިއުފާއަށް ގޮވައި މުޒާހަރާކޮށްފި އެވެ.

މި މުޒާހަރާ މިރޭ ކުރިއަށް ގެންދިޔައީ ތޮލާލް ދިރިއުޅުއްވާ ގެ ކުރިމަތީގައެވެ.

މުޒާހަރާގެ ކުރީ ސަފުން ކުލަބް ވެލެންސިއާގެ ބޯޑުގައި ހިމެނޭ ބައެއް މެންބަރުން ފެނިފައިވެ އެވެ. މުޒާހަރާ ކުރަމުން ދިޔަ މީހުން ތިބީ ތޮލާލް އަމަލުކުރައްވާ ގޮތުން ކްލަބުތަކަށް ބޮޑެތި ގެއްލުންވަމުންދާ ކަމަށް ބުނާ ބައެއް ބޯޑުތައްވެސް ހިފައިގެންނެވެ.

ބައެއް މީހުން ބުނަމުން ދިޔަ ގޮތުގައި މުޒާހަރާ ކުރަނީ އެ މީހުންނަށް ނޭނގި އެމީހުން ނިސްބަތްވާ ކުލަބްތަކުގެ ބޯޑަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ ހައިސިއްޔަތުން ތޮލާލް ބަދަލު ގެންނަވާތީ އެވެ. ވަކިން ހާއްސަކޮށް ވެލެންސިއާގެ ބޯޑަށް ތޮލާލް ބޭނުންވާ ގޮތަށް ބަދަލުތައް ގެނެސްފައިވާ ކަމަށްވެސް އެމީހުން ތުހުމަތުކުރެ އެެވެ.

ވެލެންސިއާގެ ބޯޑުގެ ބައެއް މެންބަރުން ތޮލާލް ދެކެ ހިތްހަމަނުުޖެހިގެން އުޅެނީ އެ ކުލަބްގެ ޗެއާމަން އަބްދުﷲ އަޒްމީން މަގާމުން ވަކިކޮށްފައިވާ ކަމަށް ބޯޑުގެ ބައެއް މެންބަރުން ބުނާ ބުނުން ގަބޫލުކުރެއްވުމަށް ތޮލާލް ދެކޮޅު ހައްދަވާފައިވާތީ އެވެ.

ވެލެންސިއާގެ ބޯޑުގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވެ ކޯޅެން ފެށީ ކުރިއަށް އޮތް އެފްއޭއެމްގެ ރައީސް ހޮވުމުގެ އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށްވެސް ވެލެންސިއާ އިން ތާއީދު ސިޓީ ދިން ހިސާބުންނެވެ. އިންތިހާބުގައި ވާދަކުރާ އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ)އަށް ތާއީދު ސިޓީ ދީފައިވަނީ ވެލެންސިއާގެ ވައިސް ޗެއާމަން އިލްމާއު ހުސައިން (މައު) ސޮއިކުރެއްވުމަށްފަހު އެވެ. އިންތިހާބުގައި ވާދަކުރައްވާ އަހްމަދު ތޯރިގު (ޓޮމް) އަށް ތާއީދު ސިޓީ ދީފައިވަނީ ވެލެންސިއާގެ ޗެއާމަން ކަމަށް ބައެއް ބޭފުޅުން ގަބޫލުކުރާ އަބްދުﷲ އަޒްމީން ސޮއި ކުރެއްވުމަށްފަހު އެވެ.

އެފްއޭއެމްގެ އިންތިހާބު މިމަހުގެ 31 ވަަނަ ދުވަހު ބާއްވަން އެ އިދާރާ އިން މަސައްކަތް ކުރަމުން ދިޔައީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އިންތިހާބު ނުބާއްވަން އަންގާފައި ވަނިކޮށެވެ. އެކަމަކު ފީފާއާއި އޭއެފްސީ އެންގުމާ ގުޅިގެން އެފްއޭއެމްގެ އިންތިހާބު ބޭއްވުން މިހާރު ވަނީ މަޑުޖައްސާލާފަ އެވެ..

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910