އެފްއޭއެމް

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ނާހިލް އިސްތިއުފާ ދެއްވައިފި

ނާހިލް އަހްމަދު ސިއްދީގު
0%
0%
0%

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ނާހިލް އަހްމަދު ސިއްދީގު އިސްތިއުފާ ދެއްވައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި މަގާމާ ހަވާލުވި ނާހިލްގެ އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަމަށް އެފްއޭއެމް އިން ޔަގީންކޮށްދީފައިވެ އެވެ.

ނާހިލް އިސްތިއުފާ ދެއްވި ވަކި ސަބަބެއް އޭނާވެސް އަދި އެފްއޭއެމް އަކުންވެސް ނުބުނެ އެވެ.

އެފްއޭއެމްގެ ތާރީހުގައި އެ އިދާރާގެ އެންމެ ޒުވާން ޖެނަރަލް ސެކްރެޓަރީގެ ގޮތުގައި މަގާމާ ހަވާލުވުމުގެ ކުރިން ނާހިލް ހުންނެވީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރެއްގެ މަގާމުގައެވެ.

އުމުރުން 24 އަހަރުގެ ނާހިލް އަކީ ކުރިންވެސް އެފްއޭއެމްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ އެފްއޭއެމްއާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ 2017 ވަނަ އަހަރުގެ ފެބްރުއަރީގައި އިންޓާންއެއްގެ ގޮތުގައެވެ. އަދި 2022 ވަނަ އަހަރުގެ ޖެނުއަރީގައި ރަސްމީ ވަޒީފާއެއްގެ ގޮތުގައި އެފްއޭއެމްގައި ފުރަތަަމަ އަދާކުރީ ކޮމްޕްޓީޝަން އޮފިސަރުގެ މަގާމެވެ.

ނާހިލް، އެފްއޭއެމްގެ ވަޒީފާއިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަކިވިއިރު އޭނާ ހުންނެވީ ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ އެކްޓިން ހެޑްގެ ގޮތުގައެވެ.

ނާހިލް މީގެކުރިން ވަނީ 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށާއި މާޒިއާ ސްޕޯޓްސްގެ ޔޫތު ޓީމަށްވެސް ކުޅެފަ އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ ވެސް ހާސިލު ކުރައްވާފައިވާ ނާހިލް ވަނީ އޭއެފްސީ އިން ކުރިއަށް ގެންދިޔަ ފުޓްބޯޅަ މެނޭޖްމެންޓްގެ ސެޓްފިކެޓް ލެވަލްގެ ޕްރޮގްރާމެއް ފުރިހަމަކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910