ލ. ގަމުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު އެ ރަށުން ހައްޔަރުކޮށްފި އެވެ. ފުލުހުންގެ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރު ކުރީ އިއްޔެ މަތިމަރަދޫ އަވަށުން ކާރެއްގައި ދަނިކޮށެވެ.
ފުލުހުން ބުނީ އޭނާ ދުއްވަން އިން ކާރު ހުއްޓުވުމާއެކު ކާރުން ފައިބައި އޭނާގެ އަތުގައި އޮތް ޓިޝޫއެއް އެއްލާލުމަށްފަހު ފުލުހުންނަށް ފިލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އޭނާ ހުއްޓުވައި އެއްލައިލި ޓިޝޫ ނަގައި ބެލި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަމަށެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެތީގެ ބާވަތަކަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އޭނާގެ ތަހުގީގު ކުރިޔަށް ގެންދަން ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.