މަސްތުވާތަކެތި

މަސްތުވާތަކެތި އުފެއްދުމަށް ބޭނުން ކުރެވިދާނެ އެއްޗެއްސާބެހޭ ގަވާއިދު ހަދަނީ

Aug 30, 2016
1

މަސްތުވާތަކެތި އުފެއްދުމަށް ބޭނުން ކުރެވިދާނެ އެއްޗެއްސާބެހޭ ގަވާއިދު ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީން ބުނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ މި ގަވައިދު އެ އެޖެންސީއަށް ހަދައިދޭން ޝައުޤުވެރިވާ ފަރާތްތަކުން އެ އޭޖެންސީއަށް ގޮސް މައުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހަޅަން ހުޅުވާލާފައިވާ ކަމަށެވެ.

މައުލޫމާތު ސާފު ކުރުންގެ ބައްދަލުވުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. އަންދާސީ ހިސާބު ހުށަހެޅުން 19 ވަނަ ދުވަހު އެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި އުފައްދަން ބޭނުން ކުރެވިދާނެ އެއްޗެއްސާބެހޭ ގަވައިދެއް ހަދަން ޖެހެ އެވެ.