ހައްޖުގެ އަޅުކަން

ފިލިޕީންސްގައި ހައްޖު ވިސާ ދޫކުރުން ސަސްޕެންޑްކޮށްފި

Aug 30, 2016
0%
0%
0%

އެހެން ގައުމުތަކުގެ ބައެއް މީހުން ފިލިޕީންސަށް ގޮސް އެގައުމުގެ ހައްޖު ކޯޓާގައި ހައްޖަށް ދާ މައްސަލަ ބޮޑުވެގެން ފިލިޕީންސްގައި ހައްޖު ވިސާ ދޫކުރުން ސަސްޕެންޑްކޮށްފި އެވެ.

ފިލިޕީންސްގެ ފޮރިން މިނިސްޓްރީގެ ސެކެޓްރީ ޕާފެކްޓޯ ޔާސޭ މިއަދު މީޑިއާއަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހައްޖު ވިސާ ދޫކުރުން ކުލިއަކަށް ސަސްޕެންޑް ކުރީ ސައުދީ ސަރުކާރުން ފިލިޕީންސަށް ދޫކޮށްފައިވާ ހައްޖު ކޯޓާގައި އެހެން ގައުމުތަކުގެ މީހުން ދަތުރުކުރާ މައްސަލަ ފެންމަތިވުމުން އެ މައްސަލަ ބެލުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ވިސާގެ މައްސަލަ ފެންމަތިވީ ވިސާ ހޯދުމުގައި ހަމައެކަނި އެއް އައިޑެންޓިޓީއެއް ހުށަހަޅާ ގޮތަށް ހަމަޖެހިފައި އޮތުމުން ކަމަށެވެ.

މިމަހު 19 ގައި 200 ވަރަކަށް ބިދޭސީން ވަނީ ފިލިޕީންސްގެ ކޯޓާގައި ހައްޖު ވިސާ ހޯދާފަ އެވެ. އެއީ 177 އިންޑިނޭޝިއާ މީހުންނާއި މެލޭޝިއާގެ 10 މީހުންނެވެ. ސައުދީ އަރަބިއްޔާގެ އެއާޕޯޓުން ވަނީ ފިލިޕީންސުން ވިސާގައި ދަތުރު ކުރުމުން އެމީހުން ސައުދީ އެތެރެވުން ހުއްޓުވާފަ އެވެ.

ފިލިޕީންސްގެ ފުލުހުން ބުނީ އެމީހުންގެ އަސްލު ނިސްބަތްވަނީ އެހެން ގައުމަކަށް ކަމަށާއި ނަމަވެސް ފިލިޕީންސްގެ ވިސާ އޮތުމުން އެމީހުންނަށް ސައުދީ އަރަބިއްޔާއަށް ވަނުން ހުއްޓުވީ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެން ވިސާ ދޫކުރުމުގެ މަސައްކަތް ފަށާނީ އެމައްސަލަ ހައްލުކޮށް، ވިސާ ދޫކުރުމުގައި އަމަލު ކުރާ އުސޫލަށް ބަދަލު ގެނައުމަށް ފަހު ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910