ވިޔަފާރި

ގައުމުތައް ފަހަތަށް ޖައްސައި ހިތްގައިމު ޖަޒީރާގެ އެވޯޑް ރާއްޖެއަށް!

Aug 31, 2016
  • ރާއްޖެއާ ގިނަ ޖަޒީރާތައް ވާދަކުރި
  • ރިސޯޓުތަކަށް ވެސް އެވޯޑު ލިބުނު
  • މި އެވޯޑުކުރިން ވެސް ރާއްޖެއަށް ލިބުނު

ދުނިޔޭގެ "ރީތި" ގައުމުތަކާ ވާދަކޮށް ކޮންޑެ ނާސްޓް ޓްރެވެލާ އިން ދޭ އެންމެ ހިތްގައިމު ޖަޒީރާގެ އެވޯޑް ދިވެހިރާއްޖެ އަށް ލިބިއްޖެ އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ޓްރެވަލް މަޖައްލާ ކަމަށްވާ ކޮންޑެ ނާސްޓް ޓްރެވެލާ ކިޔުންތެރިންގެ މެދުގައި ނެގޭ ވޯޓަކުން ދޭ "ކޮންޑެ ނާސްޓް ރީޑާސް ޓްރެވަލް އެވޯޑު" ރާއްޖެއަށް ލިބުނީ ދުނިޔޭގެ "ރީތި" ކަމަށް މަޝްހޫރު ގްރީސްގެ ޖަޒީރާ ތަކާއި، ބަލެރިކް ޖަޒީރާ ތަކުގެ އިތުރުން ރާއްޖެއާ އެންމެ ވާދަވެރި، ސީޝެލްސްގެ ޖަޒީރާތަކާ ވާދަކޮށްގެންނެވެ.

ރާއްޖެއަށް ލިބިފައިވާ މި އެވޯޑާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބޭއްވި "ކޮންޑެ ނާސްޓް ރީޑަޒް ޓްރެވަލް އެވޯޑް" ހަފުލާގައި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހްމަދު ޝިއާން އެވެ.

ދުނިޔޭގެ އެންމެ ހިތްގައިމު ގައުމުގެ އެވޯޑު ރާއްޖެއަށް ލިބުނުއިރު، އެންމެ ހިތްގައިމު ހޮޓަލާއި ސްޕާގެ އެވޯޑު ލިބިފައިވަނީ ރާއްޖޭގެ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓަށެވެ.

ނާސްޓް ޓްރެވެލާ މަޖައްލާއަކީ އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު ޓްރެވަލް މަޖައްލާ އެވެ. އިނގިރޭސިވިލުން މި އަހަރު ރާއްޖެއަށް 60،000 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.