ވިޔަފާރި

ސައުންޑްސް އޮފް މޯލްޑިވްސް: އެމްއެމްޕީއާރްސީއާ އެކު ޓޫރިޒަމްގެ އިވެންޓަކަށް

Sep 1, 2016

މި ވަގުތަކީ ރާއްޖެ އިޝްތިހާރު ކުރަންވީ ވަގުތެވެ. އިގްތިސާދު ރަނގަޅު ކުރުމަށް ޓޫރިޒަމަކަށް ތިޔާގިކަން ބޭނުންވެ އެވެ. އެހެންވެ މި ފަހަރު "ސައުންޑްސް އޮފް މޯލްޑިވްސް" މި ވަނީ ބަދަލުކޮށްލާފަ އެވެ. ކުރިން ހަމައެކަނި މިއުޒިކީ އިވެންޓެއްގެ ގޮތުގައި އިންތިޒާމު ކުރި އިވެންޓް މިވަނީ އެމްއެމްޕީއާރުސީގެ އެންޑޯސްމަންޓާކު ޓޫރިޒަމް ބޮޑު އިވެންޓަކަށްވެފަ އެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ އަހަރުގެ ހަރަކާތްތަކާ ލާމެހިފަ އެވެ.

ސައުންޑްސް އޮފް މޯލްޑިވްސް އިންތިޒާމު ކުރާ "ހައިރައިޒް" މި އަހަރުގެ މި އިވެންޓް ރޯޑް ޝޯވްއެއްގެ ގޮތުގައި އޮންނާނީ ޑިސެމްބަރު މަހު ބެންކޮކްގައި ގައި އޮންނާނީ "ވިޒިޓް މޯލްޑިވްސް އިޔާ" އާ ގުޅުވާލައިގެން ކަމަށެވެ. މި ހަރަކާތް ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ވެގެންދާނެ ހަރަކާތެއްގެ ގޮތުގައި ކަމަށް ހައިރައިޒް އިން ބުނެ އެވެ.

"މި އަހަރުގެ ޝޯވް އޮންނާނީ ދެ ދުވަހަށް. ޝޯވް އޮންނާނީ ރޯޑްޝޯއަކާއެކު. މި ރޯޑްޝޯވްގައި ޓޫރިޒަމް ޕްރޮމޯޝަންގެ އިތުރު ލޯކަލް ޓެލެންޓް ޕްރޮމޯޓް ކުރުމުގެ ބައެއްވެސް ހިމެނޭ،" ހައިރައިޒްއިން ބުނެފައިވެ އެވެ.

މި އަހަރުގެ ޝޯވްގައި ޓޫރިޒަމް ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު، މި ޝޯވްގައި މިހާތަނަށް އައިޓަމްތައް ހުށަހަޅައިދޭން ނިންމާފައިވާ މިއުޒިކީ ފަންނާނުންގެ ތެރޭގައި މަޝްހޫރު ހަބޭސް ބޮޑުބެރު ގުރޫޕާއި ސޯލޯ އާޓިސްޓް ރިޝްވާން (ރިއްޓެ) އާއި ޑީޖޭ އަލީ ފަޒީލް (ޑީޖޭ އަލީ) ސައުންޑްސް އޮފް މޯލްޑިވްސްއިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތައާރަފުވި، މަރިޔަމް އުނޫޝާ (ކިޑީ) ވެސް ހިމެނެ އެވެ.

މީގެ އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ "ސައުންޑްސް އޮފް މޯލްޑިވްސް" ޝޯތައް މާލެއާއި ކުޑަ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަދި މާލޭގެ އިތުރުން މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރާއި ދުބާއީ އަދި ބެގްލޫރުގައިވެސް ބާއްވާފައިވެ އެވެ.