މާފުށީ ޖަލަށް ވައްދަން މަނާ ބޭސްތަކެއް ގެންދަން އުޅުނު މީހަކު ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުން ބުނީ، މާފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މީހާ އަތުލައިގަނެ ހިފަހައްޓާފައިވާ ކަމަށާއި މާފުށީ ޖަލުގެ ކުރިމަތިން އެމީހާ ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާ ހުރި ދިމާ ބިންމަތިން ޓޭޕް އޮޅާފައިވާ އެއްޗެއްގެ ތެރޭން މަނާ ބޭސްތަކެއް ކަމަށް ބެލެވޭ 92 ގުޅަ ބޭސް ފެނިފައިވާ ކަމަށެވެ.
އަދި އޭނާ ގެންގޮސް ކުޑަކަމުދާތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ދެބާވަތަކަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.