- އެންމެ މޮޅު ޝެފްގެ އެވޯޑު ޖޭޑީއަށް
- ދިވެހި ކައްކާއަކަށް އާދިލް
- ކޭކު ޑެކޮރޭޝަންގެ ގިނަ ވަނަތަކެއް ނަޝީ ކޭކަށް
ފުޑް އެންޑް ހޮސްޕިޓާލިޓީ މޯލްޑިވްސް (އެޗްއެޗްއެމް) ގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ އެންމެ ޝަރަފުވެރި ވަނަ މި އަހަރުވެސް ހުޅުލެ އައިލެންޑް ހޮޓަލް (އެއްއައިއެޗް) އަށް ލިބިއްޖެ އެވެ.
ދަރުބާރުގޭގައި މިދިޔަ މަހު ބޭއްވި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގައި އެޗްއައިއެޗްއަށް ލިބިފައިވަނީ މިއަހަރުގެ "ބެސްޓް ކަލިނަރީ އޮގަނައިޒޭޝަން" އެވޯޑެވެ.
ގާތްގަނޑަކަށް 500 ކައްކާއިން ބައިވެރިވެގެން ކުރިއަށްދިޔަ ކަލިނަރީ ޗެލެންޖުގެ އެންމެ މޮޅު ޝެފްގެ މަގާމު ލިބުނީ ޑަބްލިޔު ރިޓްރީން ސްޕާ މޯލްޑިވްސްގެ ޖޭޑީ، ސުޖީޕް ޕްރިމަލާލް އަށެވެ. އަދި ރާއްޖޭގެ އެންމެ މޮޅު ޝެފްގެ މަގާމު ހޯދީ ފޯސީޒަން ރިސޯޓުގެ މުހައްމަދު އާދިލް އެވެ.
މި މުބާރާތުގައި ތަފާތު ގިނަ ވަނަތަނެއް ދީފައިވާއިރު، ވެޑިން ކޭކް ސްޓްރަކްޗާ ބައިން ނަޝީ ކޭކްގެ ސިއްދީގް އިބްރާހިމް "ގޯލް ޕްލަސް ޑީ" ހޯދި އެވެ. އަދި މި ބައިގެ ގޯލްޑް މެޑަލް ނަޝީ ކޭކްގެ މަރިޔަމް ޝަފީގާވެސް ހޯދާފައިވެ އެވެ.
ރާއްޖެ ގިނަ ރިސޯޓުތަކުން ޝެފުން ބައިވެރިވާ މި މުބާރާތުގައި ބެލުންތެރިންގެ ލޮލުގައި އެންމެ އަޅައި ގަންނަ ބަޔަކީ މޭވާ އާއި ތަރުކާރީ ކަނޑައި ނަގައިގެން ހަދާފައިވާ ތަފާތު އެއްޗިއްސެވެ. "ފުރުޓް އެންޑް ވެޖިޓަބަލް ކާވިން" ބައިގެ ގޯލް މެޑަލް ވަން އެންޑް އޮންލީ ރީތި ރަށުގެ އެމްވީ ރަސިކަ އާއި އެޗްއައިއެޗްގެ ސިސިރާ ކުމާރު އަދި ތުޅާގިރި އައިލެންޑް ރިސޯޓުގެ ވިދާނާ ހޯދި އެވެ. އަދި ފޮނި ކާއެއްޗިހި ޒީނަތްތެރިކޮށް ޑެކޮރޭޓް ކުރުމުގެ ބައިގެ ރަން މެޑަލް ހޯދީ ޖުމެރިރާ ވިތަވެލި ރިސޯޓުގެ އަކްސިޔާ ރާނާ އެވެ.