ދުނިޔެ

ލަންކާގެ ކުރީގެ މަޖިލިސް މެންބަރަކާއި އިތުރު ހަތަރު މީހަކު މަރަން ހުކުމްކޮށްފި

Sep 9, 2016
1

ލަންކާގެ ކުރީގެ މަޖިލިސް މެންބަރު އަދި ޕްރެސިޑެންޝިއަލް އެޑްވައިޒަރު ލަކްޝްމަން ޕްރެމްޗަންދްރަ އާއި އިތުރު ބައެއްގެ މަރުގެ ކުށް ސާބިތުވެ އެގައުމުގެ ކުރީގެ މަޖިލިސް މެންބަރު ދުމިންދާ ސިލްވާއާ އެކު އިތުރު ހަތަރު މީހެއްގެ މައްޗަށް މަރުގެ ހުކުމް ލަންކާގެ ހައިކޯޓުން އިއްވައިފި އެވެ.

ލަންކާގެ ކުރީގެ މަޖިލިސް މެންބަރު އަދި ޕްރެޒިޑެންޝިއަލް އެޑްވައިޒަރު ލަކްޝްމަން ޕްރެމްޗަންދްރަ އާއި އިތުރު ތިން މީހަކު ބަޑި ޖަހައި މަރާލާފައިވަނީ އެގައުމުގެ ކޮލޮއްނަވޯ ނަމަކަށް ކިޔާ އަވަށެއްގައި 2011 ވަނަ އަހަރު އެވެ. އެ ގަތުލު ދުމިންދާގެ މައްޗަށް ހައިކޯޓުން ސާބިތުކޮށް ހުކުމް އިއްވީ އިއްޔެ އެވެ.

ލަންކާގެ ގާޑިއަން ނޫހުގައި ބުނެފައިވަނީ، ތިން ޖަޖުންގެ ހާއްސަ ބެންޗަކުން ނިންމި އެ ނިންމުމުގައި، 2011 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެގައުމުގެ ކުރީގެ މަޖިލިސް މެންބަރު ލަކްޝްމަން ޕްރަމްޗަންދްރަ ހިމެނޭގޮތަށް ހަތަރު މީހަކު ބަޑިޖަހައި މަރާލާފައިވާކަމުގެ ތުހުމަތު ދުމިންދާގެ މައްޗަށް ސާބިތުވާކަމަށެވެ.

ލަކްޝްމަންއާ އެކު މަރާލާފައިވާ އިތުރު ތިންމީހުންނަކީ އޭނާގެ ބޮޑީގާޑުން ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ. އެ ހުކުމް އިސްތިއުނާފު ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.