ރަސްފަންނުގެ ޕެވިލިއަން ތަރައްގީކޮށް ހިންގައި ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން އަލުން ބީލަމަށްލައިފި އެވެ.
ފެންކުންފުނިން ބުނީ އެ ކުންފުނިން ދޭ މައުލޫމާތާ އެއްގޮތްވާގޮތަށް އެކަން ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށާއި އެ ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ކަމަށެވެ. ބީލަން ފޮތް ވިއްކަނީ 2500ރ. އަށެވެ.
ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ މިމަހުގެ 18 އިން 20 ވަނަ ދުވަހަށެވެ. ބީލަންފޮތް ދޫކުރުން 21 ވަނަ ދުވަހު އެވެ. ޕްރީބިޑް މީޓިން 25 ގަ އެވެ. ބިޑް ހުށަހަޅަން ޖެހެނީ 29 ގައެވެ.
ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު 50000ރ. ހުށަހަޅަން ޖެހޭއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަންނާނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓާއެވެ. ބިޑް އެވޯރޑްކުރެވޭ ފަރާތުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި 250000ރ. ބިޑް އެވޯ ޑްކުރާ ހަތް ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހެ އެވެ.
ޕެވިލިއަންގެ ފަސްޓް ފްލޯގައި ކެފޭ އޭރިއާއެއް ހަދާނެ އެވެ. އަދި ތިރީގައި ފަސް ފާހަނަ ހިމެނޭ ގޮތަށް އިންޑޯ ޝަވާ އޭރިއާއަކާއި އާމުން އިށީންނާނެ ޖާގަތަކެއް ވެސް ގާއިމް ކުރާނެ އެވެ. އަދި ކާއެއްޗެހި ވިއްކާ ފިހާރައެއް ވެސް ހުޅުވާނެ އެވެ.