ރާއްޖެ ކުޅިވަރު

ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފައިން އަށް ގައުމީ ޓީމު ކިރިގިސްތާނަށް

Sep 11, 2016

ވޯލްޑް ޗެމްޕިއަންޝިޕް ވޮލީބޯޅަ މުބާރާތުގެ ކޮލިފައިންގައި ވާދަކުރަން ގައުމީ ވޮލީޓީމު ކިރިގިސްތާނަށް ފުރައިފި އެވެ.

ގައުމީ ޓީމު ކޮލިފައިންގައި ވާދަކުރާނީ ބަނގްލަދޭޝް އާއި ތުރުކުމެނިސްތާން އަދި ކިރިގިސްތާނާ އެވެ. މި ޓީމުތަކާ ކުޅެން ގައުމީ ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ރަނގަޅަށް ފަރިތަކޮށް މުބާރާތަށް ރަނގަޅަށް ތައްޔާރުވެފަ އެވެ.

ގައުމީ ވޮލީ ޓީމުގެ ކޯޗަކީ ކުރީގެ ބާރު ޖެހުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. މެނޭޖަރަކީ ޑިލައިޓް އަލީ ލަތީފެވެ.