ހަބަރު

ދިވެހި ހައްޖުވެރިންގެ ތެރެއިން އިތުރު މީހަކު މަރުވެއްޖެ

Sep 14, 2016
2

މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާ އަށް ދިޔަ ދިވެހިންގެ ތެރެއިން އިތުރު މީހަކު މަރުވެއްޖެ އެވެ. މަރުވެފައި ވަނީ ހައްޖުގެ އަޅުކަމަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ ރ. ހުޅުދުއްފާރު، ކަނޑު ފިނިގޭ، ޖަމީލާ މުހައްމަދު 51، އެވެ. އެ އަންހެން މީހާ މަރުވީ ރޭ ފަތިހު އެވެ. އޭނާއަކީ އެކްރޯގެ ހަވާލުގައި ހައްޖަށް ދިޔަ މީހެކެވެ.

ހުޅުދުއްފާރުގެ އެ އަންހެން މީހާ މަރުވި އިރު އިތުރު މީހެއްގެ ހާލު ދެރަވެ، ކިންގަ ފައިސަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ ވެސް އުމުރުން ދުވަސްވެފައިވާ މީހެކެވެ. އޭނާއަކީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ދިޔަ މީހެކެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދިއަ މީހުންގެ ތެރެއިން މީހަކު މީގެ ދެ ދުވަސް ކުރިން ވެސް ވަނީ މަރުވެފަ އެވެ. ރާއްޖެއިން މި އަހަރު 2000 މީހުން ހައްޖަށް ދިޔައެވެ.