ބޭރު ކުޅިވަރު

ޑޯޓްމުންޑް، ރެއާލް އަދި ސިޓީ އަށް ރަނގަޅު ފެށުމެއް

Sep 15, 2016

ޖަރުމަނު ބޮރޫޝިޔާ ޑޯޓްމުންޑާއި ސްޕޭނުގެ ރެއާލް މެޑްރިޑް އަދި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ޗެމްޕިއަންސް ލީގު މޮޅަކުން ފަށައިފި އެވެ.

ވިއްސާރައިގެ ސަބަބުން ރޭ ކުޅެން ލަސްކުރި މެޗު ބޮރޫޝިޔާ މޮންޗެންގަލްޑަބަޗާ ވާދަކޮށް މެންޗެސްޓާ ސިޓީ ކާމިޔާބު ކުރީ 4-0އިންނެވެ. ސާޖިއޯ އަގުއެރޯ ހެޓްރިކް ހެދި ފަހުން ފަހު ގޯލު ޖެހީ ޅެނާޗިއޯ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މޮޅުވީ ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އަލްވާރޯ މޮރާޓާ ޖެހި ދެ ގޯލުންނެވެ.

ޑޯޓްމުންޑް މޮޅުވީ ލެގިއާއާ ވާދަކޮށް 6-0އިންނެވެ. ޓޮޓެންހަމް ބަލިވީ މޮކާނޯ އަތުން 2-1އިންނެވެ.