ޕްރިމިއާ ލީގް

ޓޮޓްނަމްއަށް ލިވަޕޫލް ކައިރިން ސަލާމަތެއް ނުވެވުނު

ލިވަޕޫލް އެފްސީ އިން އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް ލީޑު އިތުރަށް ފުޅާކޮށްފި އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ 16 ވަނަ ހަފްތާގެ މެޗުގައި ރޭ ލިވަޕޫލް އިން ޓޮޓްނަމް ހޮޓްސްޕަ 6-3ގެ ބޮޑު ތަފާތަކުން ބަލިކޮށްފަ އެވެ.

މި މޮޅާއެކު ލިވަޕޫލް ވަނީ ލީގު ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދާފަ އެވެ.

ލަންޑަނުގައި ހުންނަ ޓޮޓްނަމް ހޮޓްސްޕަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖެހީ 23 ވަނަ މިނިޓުގައި ލުއިސް ޑިއާޒް އެވެ. އޭގެ 13 މިނިޓު ފަހުން އެލެކްސިސް މެކަލިސްޓާ ވަނީ ދެވަނަ ލަނޑު ޖަހާފަ އެވެ. ފުރަތަމަ ހާފުގެ ނިމުމުގެ ކުރިން ޓޮޓްނަމްގެ ޖޭމްސް މެޑިސަން ވަނީ ލަނޑެއް ޖަހައި ސްކޯ 2-1 އަށް ބަދަލުކޮށްފަ އެވެ.

އެކަމަކު، މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު ޑޮމިނިކް ސޮބޯސްލާއި ޖެހި ގޯލުން ލިވަޕޫލްގެ ލީޑް އިތުރަށް ފުޅާ ކުރި އެވެ.

ދެވަނަ ހާފް ފަށައިގެން މެޗުގެ 54 ވަނަ މިނެޓުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ އެ ޓީމުގެ ފަސް ވަނަ ލަނޑު ޖަހާފަ އެވެ. އަދި އޭގެ ފަސް ވަރަކަށް މިނެޓު ފަހުން ސަލާހް ދެވަނަ ލަނޑު ޖެހި އެވެ. ލިވަޕޫލްގެ ފަހު ލަނޑު ޖެހީ މެޗުގެ 85 ވަނަ މިނެޓުގައި ޑިއާޒް އެވެ.

މެޗު ނިމުމުގެ ކުރިން ޓޮޓެންހަމް އިން އިތުރު ދެ ލަނޑު ޖެހި އެވެ. އެ ލަނޑުތައް ކާމިޔާބުކޮށް ދިނީ ޑެޖަން ކުލުސްވެސްކީ އާއި ޑޮމިނިކް ސޮލަންކީ އެވެ.