ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގައި އާސެނަލް އަދި ލިވަޕޫލް އެއްވަރުވެއްޖެ އެވެ.
އާސެނަލް އާއި އެވަޓަން ބައްދަލުކުރި މެޗުގައި އެއްވެސް ލަނޑެއް ނުޖެހުނުއިރު ލިވަޕޫލް އާއި ފުލަމް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި އަމިއްލަ ސަޕޯޓާރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި އެޓީމަށް ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
ލިވަޕޫލުގެ ރޮބާޓްސަންއަށް ރޭގެ މެޗުގައި ރަތްކާޑު ދެއްކުމުން އެޓީމުން މެޗުގެ ބޮޑު ބައެއް ކުރިއަށް ގެންދިޔައީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އަދި ލިވަޕޫލްގެ ކޯޗު ވަނީ ތިން ކާޑު ހަމަވުމުގެ ސަބަބުން އެއް މެޗަށް ސަސްޕެންޑްވެސް ކޮށްފަ އެވެ.