ޕްރިމިއާ ލީގް

ލަންޑަން ޑާބީގައި ޗެލްސީ އިން ޓޮޓްނަމް ހޮޓްސްޕާ ބަލިކޮށްފި

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޗެލްސީ އިން 4-2ގެ ނަތީޖާއަކުން ޓޮޓްނަމް ހޮޓްސްޕާ ބަލިކޮށްފި އެވެ.

މި މެޗު ކުޅެފައިވަނީ ޓޮޓްނަމް ހޮޓްސްޕާ ސްޓޭޑިއަމްގައި 60،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީ ގައެވެ.

މެޗު ފެށިގެން މާގިނައިރެއް ނުވަނީސް ފަސްވަނަ މިނެޓުގައި ޓޮޓްނަމްގެ ޑޮމިކިކް ސޮލާންކޭ އާއި ޑެޖާން ކުލުސޭވްސްކީ ވަނީ ގޯލު ޖަހައި ގޯލު ހުޅުވާލަ ދީފަ އެވެ. އޭގެ އިރުކޮޅެއް ފަހުން 11 ވަނަ މިނެޓުގައި ޑެޖާން ކުލުސޭވްސްކީވެސް ވަނީ އެޓީމަށް ގޯލު ޖަހައިދީފަ އެވެ.

އެހެންނަމަވެސް ޗެލްސީ އިން ވަނީ ފުރަތަމަ ހާފުގައި ގޯލެއް ޖަހާފަ އެވެ. އެވެ. ޗެލްސީގެ ޖޭޑަން ސަންޗޯ ޖެހި ގޯލާއެކު ފުރަތަމަ ހާފު ނިމުނީ 2-1 އިން ޓޮޓްނަމް ހޮޓްސްޕާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 61 ވަނަ މިނެޓުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ކޯލް ޕާމާ އެވެ. އަދި 84 ހަތަރުވަނަ މިނެޓުގައި އިތުރު ޕެނަލްޓީއެއް ކާމިޔާބުކޮށް މެޗުގައި ފުރަތަމަ ފަހަރަށް ޗެލްސީއަށް ލީޑު ނަގައިދީނީވެސް ޕާމާ އެވެ. މީގެ ސަބަބުން އޭނާ ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ޖެހި ފުރަތަމަ 12 ޕެނަލްޓީ ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާ އަށް ވެފަ އެވެ. މީގެ 11 އަހަރު ކުރިން މިފަދަ ރެކޯޑެއް ހަދާފައިވަނީ މެންޗެސްޓާ ސިޓީގެ ޔާޔާ ޓޯރޭ އެވެ.

އެންޒޯ ފެނާންޑޭޒް ވެސް ވަނީ ޗެލްސީއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. ޗެލްސީ އިން މި ސީޒަންގައި 35 ގޯލް ޖަހާފައިވާއިރު އޭގެ ތެރެއިން 11 ގޯލް ޖަހާފައިވަނީ ކޯލް ޕާމާ އެވެ.

މި މެޗުގެ ނަތީޖާއާއެކު ޗެލްސީއަށް 15 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލް 14 މެޗުން 35 ޕޮއިންޓް ހޯދާފައިވެ އެވެ. ޓޮޓްނަމް އަށް 15 މެޗުން ލިބިފައިވަނީ 20 ޕޮއިންޓް އަދި އެ ޓީމު އޮތީ ތާވަލުގެ 11 ވަނަ މަގާމު ގައެވެ.