ޕްރިމިއާ ލީގް

51 އަހަރަށްފަހު ޔުނައިޓެޑް 15 ވަނައަށް، ލިވަޕޫލަށް 7 ޕޮއިންޓުގެ ލީޑެއް

މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗުގެ ތެރެއިން
0%
0%
0%

ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް، ވުލްވްސް އަތުން 2-1 އިން މޮޅުވެ، ލީގުގައި ހިފަހައްޓަމުން އައި ލީޑް ހަތް ޕޮއިންޓަށް ފުޅާކޮށްފި އެވެ.

އެކަމަކު މެންޗެސްޓަ ޔުނައިޓެޑް ރޭ ޓޮޓެންހަމް އަތުން 1-0 އިން ބަލިވެ، 51 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލީގުގެ 15 ވަނައަށް އެ ޓީމު ވަނީ ވެއްޓިފަ އެވެ.

ލިވަޕޫލް މެޗުގެ ފުރަތަމަ ހާފުގައި ލުއިސް ޑީއާޒް އާއި މުހައްމަދު ސަލާހު ޖެހި ދެ ގޯލުން ލިވަޕޫލް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގައި ވުލްވްސްއިން ކުޅުން ރަނގަޅުކޮށް ނަތީޖާ ބަދަލުކުރަން މަސައްކަތްކުރި އެވެ.

މި ހާފުގައި ލިވަޕޫލަށް އެއްވެސް ހަމަލާއެއް ވުލްވްސްގެ ގޯލަށް އަމާޒުކޮށް ނުލެވުނު އިރު، މެތަޔަސް ކުންހާގެ ގޯލުން ވުލްވްސްއަށް ފަރަގު ކުޑަކުރެވުނެވެ. ނަމަވެސް އިތުރު ގޯލެއް ނުޖެހި މެޗު ނިމުނީ ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ޔުނައިޓެޑް އާއި ޓޮޓެންހަމް ރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ބަލިވީ ޖޭމްސް މެޑިސަން ޖެހި ގޯލަކުންނެވެ. މަހެއްހާ ދުވަހު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި މެޑިސަން މި ގޯލު ޖެހީ ލޫކަސް ބާގްވާލް ފޮނުވާލި ހަމަލާއެއް ކީޕަރު އަންދްރޭ އޮނާނާ އަތުގައި ޖެހިފައި ނިކުތް ވަގުތު އެވެ. މެޗުގައި ޔުނައިޓެޑުން ފޮނުވާލި ހަ ނުރައްކާތެރި ހަމަލާ ވިކާރިއޯ ވަނީ ހުއްޓުވާފަ އެވެ.

މި ބައްޔާއެކު މިއީ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 14 މެޗުގެ ތެރެއިން ބަލިވީ އަށްވަނަ މެޗެވެ. އަދި މިއީ މި ސީޒަންގައި ޓޮޓެންހަމް އަތުން ޔުނައިޓެޑް ބަލިވި ތިންވަނަ މެޗެވެ. މީގެ ކުރިން ލީގުގައި 3-0 އިންނާއި ލީގު ކަޕްގައި އެއްފަހަރު ޓޮޓެންހަމް އަތުން ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ.

މި ނަތީޖާތަކާއެކު ޓޮޓެންހަމް ލީގުގެ 12 ވަނައަށް ކުރިއަށް ޖެހިލިއިރު، ޔުނައިޓެޑް ވަނީ 15 ވަނައަށް ވެއްޓިފަ އެވެ. އަދި ލިވަޕޫލް ވަނީ ދެވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ފުޅާކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910