ޕްރިމިއާ ލީގް

ލީގު މެޗުގައި ލިވަޕޫލުން މެންޗެސްޓާ ސިޓީ ލަދުގަންނަވާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ރޭގެ މެޗުގައި ލިވަޕޫލް އަދި މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން
0%
0%
0%

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް، ލީގުގެ އެއްވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މެޗު ކުޅުނީ ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑްގަ އެވެ.

ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ފުރަތަމަ ހާފުގައި މުހައްމަދު ސަލާހު ދިން ބޯޅައަކުން ކޯޑީ ގަކްޕޯ އެވެ. ދެވަނަ ލަނޑު ޖެހީ މެޗުގެ 78 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ޖެހި ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ލިބުނީ ސިޓީގެ ގޯލްކީޕަރު ސްޓެފަން އޯޓޭގާ، ލިވަޕޫލްގެ ލުއިޒް ޑިއާޒަށް ކުރި ފައުލަކަށެވެ.

މި މޮޅުވުމާއެކު ލިވަޕޫލް ވަނީ 13 މެޗުން 34 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި ހަމަޖެހިލާފަ އެވެ. ދެވަނައިގައިވާ އާސެނަލާއި ތިންވަނައިގައިވާ ޗެލްސީއަށް ވަނީ 13 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ. ހަތަރުވަނައިގައިވާ ބްރައިޓަންއާއި ފަސްވަނައިގައިވާ މެންޗެސްޓާ ސިޓީއަށް ވަނީ 13 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ.

މިއީ ލީގުގައި މެންޗެސްޓާ ސިޓީން ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ. ސިޓީން އެންމެ ފަހުން ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައިވަނީ 2012 ވަނަ އަހަރު އެވެ. އަދި ޕެޕް ގާޑިއޯލާގެ ކޯޗު ކަމުގައި ކުޅޭ ސިޓީން މިވަނީ މޮޅެއް ނުލިބި ހަތް މެޗު ފުރިހަމަކުރަން ޖެހިފަ އެވެ. ލިވަޕޫލުން ލީގުގައި ސިޓީ ބަލިކުރީ ދެ އަހަރަށްފަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910