ވިޔަފާރި

ވޯލްޑް ޓްރެވަލް އެވޯޑުގެ ގްރޭންޑް ފިނާލޭ ރާއްޖޭގައި ބާއްވަނީ

Sep 15, 2016
  • ގިނަ އެވޯޑުތަކެއް ރާއްޖެއަށް ލިބޭ
  • ޓޫރިޒަމް ލިބޭނެ ބޮޑު ކުރިއެރުމެއް
  • މި އަހަރު އޮތީ އޮޅުވެލި ބީޗްގައި

ޓޫރިޒަމް ދާއިރާގެ "އޮސްކާ އެވޯޑު" ގެ ގޮތުގައި ގިންތިކުރާ ވޯލްޑް ޓްރެވަލް އެވޯޑުގެ ގްރޭންޑް ފިނާލޭ ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ "އެފްޓީއެން ނިއުސް" ގައިވާ ގޮތުން މިއަހަރުގެ ޑިސެމްބަރު މަހު އޮޅުވެރި ބީޗް ރިސޯޓް އެންޑް ސްޕާގައި ބާއްވާ މި އެވޯޑުގެ ގްރޭންޑް ފިނާލޭ އޮންނަނީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ.

ވޯލްޑް ޓްރެވަލް އެވޯޑުގެ ޕްރެޒިޑެންޓް ގްރަހަމް ކޫކް ވިދާޅުވީ ވޯލްޑް ޓްރެވަލް އެވޯޑުގެ ގްރޭންޑް ފިނާލޭ ރާއްޖޭގައި ބޭއްވުމަކީ ލިބިގެންދާ ޝަރަފެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މި އެވޯޑު ބޭއްވުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ އެވޯޑެކެވެ. މި އެވޯޑުގެ ބައެއް މީގެ ކުރިންވެސް ރާއްޖޭގައި ބާއްވާފައިވެ އެވެ. އަދި މި އެވޯޑުގައި ހިމެނޭ އިންޑިއަން އޯޝަންގެ ބަައިގެ ގިނަ އެވޯޑުތަކެއް މީގެ ކުރިންވެސް ރާއްޖެއަށް ލިބިފައިވެ އެވެ.