ލައިފްސްޓައިލް

ބިޓުގެ ގައިގައި މި ސިފަތައް ހުރިއްޔާ އިންނަން އުޅޭ!

Sep 16, 2016
3

އިންނަން ބޭނުންވާ ކުއްޖާގެ ކިބާގައި ލައްކަ ގިނަ ސިފަތަކެއް ހުންނަން ޖެހޭނެ ކަމަށް ވަރަށް ގިނަ ފިރިހެން ކުދިން ވެސް އަދި އަހެން ކުދިން ވެސް ގަބޫލުކުރެ އެވެ. ވަރަށް ގާތް ރައްޓެއްސެކެވެ؛ އަބަދު ދައްކަނީ އެއް ވާހަކަ އެކެވެ. މީހަކާ އިންނަ ވާހަކަ އެވެ. އަބަދު އެ ވާހަކަ ދައްކާއިރުވެސް ކަމުދާ ސިފަތައް ހުރި އަންހެން ކުއްޖަކު އޭނާއާ ދިމާވާ ކަމަކަށް ނުވެ އެވެ. އެހެން ކަމުން ގަބޫލުކުރަން ބޭނުންނުވިއަސް ގިނަ މީހުންނަށް ބެލެނީ ބޭރުފުށަށެވެ. ބޭރަށް ރީތިއްޔާ ނޫނީ ކަމަކު ނުދެ އެވެ. އިސްތަށިގަނޑު ދިގުވެފައި ފަންތޯ ވެސް ބަލަންޖެހެ އެވެ. ހިކިތޯ ވސް ފަލަ ތޯ ވެސް ބަލަ އެވެ. "ވައިފް މެޓީރިއަލް" އޭ މިކިޔާ ޒާތުގެ އަންހެން ކުއްޖަކު ހޯދަން އުޅެނީ މަދު މީހެކެވެ. އެޒާތުގެ ކުދިން މަދުކަމަށްވެސް ގިނަ މީހުން ގަބޫލުކުރެ އެވެ.

މީހަކަށް ޑިޕެންޑުވުން

އަބަދުވެސް އޭނާ ބުނަނީ މިހެންނެވެ. އަމިއްލަ ފައި މައްޗަށް ތެދުވާށެވެ. މައިންބަފައިން އަދި އެހެން މީހެއްގެ މައްޗަށް އެއްވެސް ވަރަކަށް ބަރޯސާވާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އަދި ކަންތައްތަކުގައި ވެސް އަމިއްލަ ހިޔާލަށް އިސްކަން ދޭން އޭނަ ބާރު އަޅަ އެވެ. ހުދު އޭނާ އަކީވެސް އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ މިނިވަން ދޫންޏެއް ކަހަލަ މީހެކެވެ. އޭނަ ބޭނުންވަނީ އެ ސިފަ ހުންނާށެވެ. އަންހެނުންނެއް ކަމަކު އެ ފުރުސަތު ލިބޭނެ ކަމަށް އޭނަ ގަބޫލުކުރެ އެވެ. މިއީ ފިރިހެނުން ވަރަށް ބޮޑަށް ބަލާނެ ސިފަ އެކެވެ. ކަންތައްތައް ކުރުމުގައި އަމިއްލަ ހިޔާލަށް ބޮޑަށް ބަލާ މީހުންނެވެ. އޭގެ މާނަ އަކީ މީހުންގެ ގާތުން ލަފާ ނޭހުމެއް ނޫނެވެ.

އަމިއްލަ ނަފްސަށް އިތުބާރު ކުރާ މީހަކަށް ވާށެވެ. ފިރިމީހާ ބޭނުން ގޮތެއް ނުހެދޭނެ ކަން ކުރީބައިގައި އޭނާ އަށް އަންގަން ވާނެ އެވެ. ވަކި ގޮތެއްގައި ސާބިތުވެ ހުރި އަންހެނެކެވެ. ކައިވެނި ކުރުމަކީ ގައިދުހާނާއެއްގައި ބަންދުވުމެއް ނޫނެވެ. އެކަހަލަ ކަމެއް ދިމާވެއްޖެނަމަ އެކަމުން ސަލާމަތް ވެވޭނެ ވަރުގެ މީހަކަށް ވާންވާނެ އެވެ.

އެންމެ މުހިންމު ކަމަކީ އިތުބާރު ކުރުމެވެ. ދެމަފިރިންގެ ދޭތެރެގައި އޮންނަން ޖެހޭ އިތުބާރު އޮވެއްޖެނަމަ އެ ކައިވެންޏަކީ ކާމިޔާބު ކައިވެންޏަކަށްވާނެ އެވެ. ނޫން ނަމަ އެކައިވެންޏަކީ އެއްވެސް ކަހަލަ އުފަލެއް ނެތް އެއްޗެއް ކަމަށްވެދެ އެވެ. ގެއްލޭ އިތުބާރަކީ އަނބުރާ ހޯދޭނެ އެއްޗަކަށް ނުވާތީ އިތުބާރު ނުގެއްލޭ ފަދަ ގޮތަކަށް އަމަލުތައް ބަހައްޓަން އިސްކަމެއް ދޭން ޖެހެ އެވެ. ތިއަކީ ޝައްކާ ވަހުމުން ފުރިފައިވާ މީހެއް ނަމަ ތިޖެހުނީ ކަންތަކާ އެެވެ. ކައިވެންޏަށްފަހު އެންމެ ފުރަތަމަ ވެސް ދާން ޖެހޭނެ އެއް ތަނަކީ އަނބުރާ ކޯޓެވެ.