ދުނިޔެ

ކަޝްމީރު ދުވަހަކުވެސް ޕާކިސްތާނުގެ އަވަށަކަށް ނުވާނެ: ޔޫކޭޕީއެންޕީ

Sep 17, 2016

ކަޝްމީރު ދުވަހަކުވެސް ޕާކިސްތާނުގެ އަވަށަކަށް ނުވާނެ ކަމަށް ޔުނައިޓެޑް ކަޝްމީރު ޕީޕަލްސް ނެޝަނަލް ޕާޓީ (ޔޫކޭޕީއެންޕީ) ގެ ޗެއާމަން ޝައުކަތު އަލީ ވިދާޅުވެއްޖެ އެވެ.

ޝައުކަތު ވިދާޅުވީ ކަޝްމީރުގެ އަވަށްތަކުގެ ސަގާފަތަށާއި ދީނަށް ބަަލައިލުމުންވެސް އެއީ ޕާކިސްތާނުގެ ބަޔަކަށް ހެދޭނެ ގޮތެއް ނެތްކަން އެނގޭ ކަމަށެވެ. އެއީ ޖައްމޫ ޕްރޮވިންސްގެ ބޮޑު ބަޔަކީ ހިންދޫ ދީނުގެ ބަޔަކަށްވެފައި ލަޑަކްގެ ބޮޑު ބަޔަކީ ބުދު ދީނުގެ ބަޔަކަށް ވާތީ އެވެ. ޕާކިސްތާނަކީ ހިންދޫ ދީން އަދި ބުދު ދީނަށް އަޅުކަންކުރާ ގައުމެއް ނޫނެވެ.

ޕާކިސްތާނުން މަސައްކަތް ކުރަނީ ކޮމިއުނިޒަމް ފަތުރަން ކަމަށާއި އެގައުމަށް ޑިމޮކްރަސީ ކަމުނުދާ ކަމަށް ޝައުކަތު ތުހުމަތު ކުރެއްވި އެވެ. އަދި ކަޝްމީރު ޕާކިސްތާނުގެ ބަޔަކަށް ވާނެ ކަމަށްބުނެ ހަދައިގެން އުޅޭ ޝިޔާރު އާއި ދެކޮޅަށްވެސް ޝައުކަތު ވަނީ ވާހަކަ ދައްކަވާފަ އެވެ.