މިއަހަރުގެ ލީގް ކަޕްގައި މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އާއި މެންޗެސްޓާ ޔުނައިޓަޑްގެ ޖޯސޭ މޮރީނިއޯ ވާދަ ކުރަން ޖެހިއްޖެއެވެ.
ލީގް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވާދަވެރި މެންޗެސްޓާ ޔުނައިޓަޑާ ވާދަ ކުރަން ޖެހުނުއިރު މިމަހުގެ ކުރީ ކޮޅު މި ދެ ޓީމު މެން ޔުނައިޓަޑްގެ ދަނޑު އޯލްޑްޓްރަފާޑްގައި ވާދަ ކުރި ކުރިމަތިލުން ގާޑިއޯލާގެ މެން ސިޓީ ކާމިޔާބު ކޮށްފައިވަނިކޮށެވެ.
އަނެއްކާވެސް މިއަންނަ މަހުގެ ފަހުކޮޅު ގާޑިއޯލާ އޯލްޑްޓްރަފޯޑްގައި މޮރީނިއޯ ވާދަ ކުރުމުގެ ފުރުސަތު ލިބުމުން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ސިޓީ އަތުން ބަލި ނުވަމަކީ މޮރީނިއޯގެ އަމާޒަކަށް ވެގެންދާނެއެވެ.
ލީގް ކަޕް ވަރުގަދަ ކުރިމަތިލުމަކަށް އޮތީ ހަމައެކަނި މެންޗެސްޓާ ޑާބީގެ ކުރިމަތިލުން އެކަންޏެއް ނޫނެވެ. ކްއާޓާ ފައިނަލް ޖާގަ ހޯދުމަށް ލިވަޕޫލާއި ޓޮޓަންހަމް ހޮސްޕާގެ ވާދަ ކުރާ މެޗަކީވެސް ވަރުގަދަ ކުރިމަތިލުމެކެވެ.
މިޔާއެކު ލަންޑަންގެ ޑާބީ އެއްކަމަށްވާ ވެސްޓަހަމްއާ ޗެލްސީގެ ކުރިމަތިލުމަކީވެސް ވަރުގަދަ ކުރިމަތިލުމަކަށް ވެގެންދާނެއެވެ. ޗެލްސީ ހަތަރު ވަނަ ބުރުން ޖާގަ ހޯދީ މިދިޔަ އަންގާރަ ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗް އެކްސްޓާރާ ޓައިމްގައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ.
އުތުރު ލަންޑަނަށް ނިސްބަތްވާ އާސެނަލް ރޭޑިން އާ ވާދަ ކުރާއިރު،ހަލް ސިޓީ ބްރިސްޓަލް ސިޓީ އާ ވާދަކުރަން ސައުތު ވެސްޓް ސްޓޭޑިއަމްއަށް ދަތުރު ކުރާނެއެވެ. އަދި ޕްރިމިއާ ލީގްގައި ވާދަވެރި ދެ ކުލަބު ކަމަށްވާ ސައުތު ހެމްޓަން އާ ސަންޑަ ލޭންޑްގެ ކުރިމަތި ލުމަކީވެސް ފޯރިގަދަ ކުރިމަތިލުމަކަށް ވެގެންދާނެއެވެ.