ވިޔަފާރި

ސަޓާ އެވޯޑް: ދުނިޔޭގެ ޓޫރިޒަމްގެ މަޝްހޫރު 40 ބްރޭންޑެއް ނޮމިނޭޓް ވެއްޖެ

Sep 24, 2016

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ދުނިޔޭގެ ޓޫރިޒަމްގެ އެންމެ މަތީ ފަންތީގެ 40 ބްރޭންޑެއްގެ ރިސޯޓު/ ހޮޓެލް ވިޔަފާރިތައް ނޮޮމިނޭޓްވެއްޖެ އެވެ.

ސަޓާ އެވޯޑަށް ވޯޑަށް ވޯޓު ލުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފަ އެވެ.

ސްރީލަންކާގެ ކޮލަމްބޯގައި ނޮވެމްބަރު މަހު އޮންނަ ސަޓާ އެވޯޑު އިންތިޒާމުކުރާ ހައިރައިޒް އިން ބުނީ މި އެވޯޑަށް މަޝްހޫރު 40 ބްރޭންޑެއް 273 ޓޫރިޒަމް ވިޔަފާރި ނޮމިނޭޓްކޮށްފައިވާ ކަމަށެވެ. ސަޓާ އަށް ނޮމިނޭޓް ކޮށްފައިވާ މަޝްހޫރު ހޮޓެލް ޗެއިންތަކުގެ ތެރޭގައި ހައިޑަރޭ އާއި ޖުމެއިރާ، ޕާކް ހަޔަޓް، ކޮކޯ ކަލެކްޝަން، ވިލާ ގްރޫޕް، ސަން ސިޔާމް، އަދާރަން، ކޮންސްޓެންޓް، އެޓިކަން ސެޕްންސް އާއި ލީލާ ގްރޫޕުގެ އިތުރުން ކިންގްބެރީ، ތާޖް ސަމުންދްރާ، ކާސާ ކަލެކްޝަންފަދަ އެތައް ބްރޭންޑެއް ހިމެނެ އެވެ.

ސަޓާ އެވޯޑް، 10 ދާއިރާއެއްގެ 39 ގިންތި އަކުން ދޭނެ އެވެ. މި އެވޯޑުގައި ހިމެނޭ "ވިޒިޓާސް ޗޮއިސް" ބައިގެ ނުވަ ގިންތީގެ ތެރެއިން އަށް ގިންތި އަށް ރާއްޖޭގެ ރިސޯޓުތައް ވާދަކުރެ އެވެ. އަދި "ސެލްފް ނޮމިނޭޓް" ބައިގައި ހިމެނޭ 30 ގިންތި އަށް ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓް ވެފައިވެ އެވެ.

މި އެވޯޑަކީ ސަރަހައްދުގެ ބޮޑެތި ޖަމިއްޔާތައް ކަމަށްވާ ކޮލަމްބޯ ޗެމްބާ އޮފް ކޮމާސް (ސީސީސީ) އާއި ފެޑަރޭޝަން އޮފް ޗެމްބާ އޮފް ކޮމާސް އިން ލަންކާގެ އިތުރުން ކޮންފެޑަރޭޝަން އޮފް ކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ކެޓޯ) އިންޑިޔާ ބަލައިގެންފައިވެ އެވެ. މީގެ އިތުރުން އިންޑިޔާގެ، އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން (އޭޓީޓީއޯއައި) ހިމެނެ އެވެ. އަދި އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް އިން ޓޫރިޒަމް (އޭޕީޓީ، އިންޑިޔާ) އެންޑޯޒް ކޮށްފައިވެ އެވެ. އިތުރުން ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ) ބަލައިގެންފައިވެ އެވެ. އަދި ރާއްޖޭން މި އެވޯޑު ބަލައިގެންފައިވާ ޖަމިއްޔާތަކުގެ ތެރޭގައި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އަދި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ހިމެނެ އެވެ.