ދުނިޔެ

މުޅިން އާ ޖެޓްތައް ގަނެ، އިންޑިއާގެ ވައިގެ އަސްކަރިއްޔާ ވަރުގަދަ ކުރަނީ

Sep 24, 2016

ވައިގެ މަގުން ހަމަލާ ދިނުމަށް ބޭނުންވާ 36 ރަފޭލް މަތިންދާ ބޯއްޓް ގަތުމަށް ގާތްގަނޑަކަށް ނުވަ ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ފްރާންސާއެކު ގާއިމުކޮށްފިއެވެ.

މި އެއްވަސްވުމުގެ ދަށުން ފުރަތަމަ މަތިންދާ ބޯޓް އިންޑިއާއާ ހަވާލު ކުރާނީ 2019 ވަނަ އަހަރުއެވެ. 36 މަތިންދާ ބޯޓް ހަ އަހަރު ތެރޭގައި ފޮރުކޮށްދޭން ޖެހެއެވެ.

ފްރާންސްގެ ޑެސަލްޓް އޭވިއޭޝަނުން އުފައްދާ މިމަތިންދާ ބޯޓްތައް އުފެއްދުމުގެ އެއްބަސަވުމުގައި ފްރާންސާއި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އިއްޔަ އިންޑިއާގެ ނިއުދިއްލޯގައި ފްރާންސްގެ ހަރިޖީ ވަޒީރު ޖީން ޔެބްސްލޯ ޑްރެއިން އާއި އިންޑިއާގެ ހާރިޖީ ވަޒީރު މަނޯހަރު ޕަރިކާރްއާ އެކު ބޭއްވި ބައްދަލުވުމުގައެވެ.

"މިއީ އިންޑިއާގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް" އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ޕަރިކާރު ވިދާޅުވިއެވެ.

އިންޑިއާއިން ވަނީ އިންޑިއާގެ ވައިގެ އަސްކަރިއްޔާއަށް ބޭނުންވާ 126 މަތިންދާ ބޯޓް އުފެއްދުމަށް ޑެސަލްޓް އޭވިއޭޝަނަށް އޯޑަރު ދީފައެވެ. ނަމަވެސް ގަހު އެވާހަކަ ތައް ވަނީ މަޑުޖެހިފައެވެ.

އިންޑިއާގެ އަސްކަރިއްޔާ ޒަމާނިކޮށް ވަރުގަފަ ކުރުމަށް 150 ބިލިއަން ޑޮލަރުގެ އިންވެސްޓް ކުރުމަށް މިދިޔަ އަހަރު އޭޕްރީލް މަހު އިންޑިއާގެ ބޮޑު ބަޒިރު ނަރެންދުރަ މޯދީ ވަނީ ވިދާޅުވެފައެވެ.