ވިޔަފާރި

ނޮވެލްޓީ ބުކްފެއާ ބޮޑު އިނާމަކާއިއެކު އާދީއްތަ ދުވަހު ފަށަނީ

Feb 26, 2015

ރާއްޖޭގައި ބާއްވާ އެންމެ ޒަމާންވީ ފޮތް މައުރަޒު ކަމަށްވާ ނޮވެލްޓީ ބުކް ފެއާ މި އަހަރު ވެސް ބާއްވަނީ ދަރުބާރުގޭގަ އެވެ. އަންނަ މަހުގެ 1-13 އަށް ދަރުބާރުގޭގައި ކުރިއަށް ދާ މި އަހަރުގެ ބުކްފެއާގައި 10 ޕަސެންޓުން ފެށިގެން 70 ޕަސެންޓާއި ދެމެދުގެ ބޮޑު ޑިސްކައުންޓެއް ލިބެ އެވެ. އަދި ބުކްފެއާ އިން ކުރާ ކޮންމެ 20ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެ ބުކްޝޮޕުން ބުނެ އެވެ.

މި އަހަރުގެ ބުކްފެއާއަކީ ނޮވެލްޓީން ބާއްވާ 11 ވަނަ ފެއާ އެވެ.

ނޮވެލްޓީ ގްރޫޕުން ވަނީ މި އަހަރުގެ ބުކްފެއާގައި އެ ކުންފުނީގެ ދަށުން މަސައްކަތްކުރާ ވިޔަފާރިތަކުގައި މަސައްކަތްކުރާނެ ކުދިން ނެގުމުގެ ހަރަކާތެއް ވެސް ބާއްވަން ނިންމާފަ އެވެ.

ފެއާ ކުރިއަށް ދާއިރު ރޭގަނޑުގެ ވަގުތުތަކުގައި ވަޒީފާތަކަށް ކުދިން ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ނޮވެލްޓީ ގްރޫޕުގެ ދަށުން ހިންގާ ކުންފުނިތަކަށް 25 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ދޭނެ ކަމަށް ނޮވެލްޓީން ބުނެ އެވެ.