ރާއްޖެ ކުޅިވަރު

އޭޝިއަން ބީޗް ގޭމްސް: މޮންގޯލިއާ އާއި ޗައިނާ އަތުން ރާއްޖެ މޮޅުވެއްޖެ

ވިއެޓްނާމްގައި މިހާރު ކުރިއަށްދާ އޭޝިއާގެ ފަސް ވަނަ ބީޗް ގޭމްސްގައި ރާއްޖޭގެ ބީޗްވޮލީ ޓީމު ޗައިނާ އާއި މޮންގޯލިއާގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިފިއެވެ.

މޮންގޯލިއާގެ އެމްބީ އާއި ބެލްގިންގެ ޕެއާގެ މައްޗަށް ޝިއުނާޒް އާއި އަހްމަދު އަނިލްގެ ޕެއާ ދެ ސެޓުވެސް ކާމިޔާބު ކުރީ ވަރަށް ފަސޭހަ ކަމާއެކުއެވެ.

ފުރަތަމަ ސެޓް 21-13 ން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓް ކާމިޔާބު 21-14 އިން ނެވެ.

ފިރިހެން ޓީމުގައި ހިމެނޭ އަނެއް ދެ ކުޅުންތެރިން ކަމަށްވާ އަދުނާން އާއި އާދަމް ނަސީމް ވަނީ މިއަދު ޗައިނާގެ މައްޗަށް ކުރި ހޯދީ ދެ ސެޓް އެއް ސެޓުންނެވެ.

ޗައިނާގެ ޔަންޓީ އަދި ޒޮހޯ ޕެއާއާ ވާދަކޮށް ރާއްޖޭގެ އާދަމް ނަސީމްއާއި އަދުނާން މެޗް ކާމިޔާބު ކުރީ ޗައިނާ ފުރަތަމަ ސެޓް ހޯދާފައި ވަނިކޮށެވެ. އެއީ 12-21 ން ނެވެ. ދެ ވަނަ ސެޓް ރާއްޖެއިން ކާމިޔާބު ކުރީ 21-16 އިންނެވެ. އަދި މެޗުން މޮޅުވި ސެޓް ރާއްޖެއިން ކާމިޔާބު ކުރީ 15-11 އިންނެވެ.

މިއަދު ރާއްޖޭގެ އަންހެން ޓީމު ކުޅުނު މެޗްގައި ޝައްފަ އާއި އަރީޝާ ވަނީ ޗައިނީސް ޓައިޕޭ އަތުން ދެ ސެޓުން ބަލިވެފައެވެ. އަދި މާޖިދާ އާއި ހައްވާ ރާޝިދާގެ ޕެއާވެސް ވަނީ ކަޒަކިސްތާން އަތުން ދެ ސެޓުން ބަލިވެފައެވެ.