ވިޔަފާރި

މަޓާޓޯގެ ރައީސަކަށް އަނެއްކާވެސް އިނަ މޯލްޑިވްސްގެ އަބްދުﷲ

Sep 26, 2016

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓާޓޯ) ގެ ރައީސް ކަމަށް ކުރިއަށް އޮތް ދައުރަށް އިނަ މޯލްޑިވްސް ހޮލިޑޭސްގެ އަބްދުﷲ ގިޔާސް އިންތިހާބުކޮށްފި އެވެ.

ޗަމްޕާ ސެންޓަރަލް ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް އޮތް ދައުރަށް އިންތިހާބު ކުރި މަޓާޓޯގެ ހިންގާ ކޮމެޓީގައި ހިމެނޭ މެންބަރުންގެ ތެރޭގައި ދެ ނައިބް ރައީސުންނަށް ހޮވިފައިވަނީ ޔޮޓްޓްއާސްގެ އިބްރާހިމް ޝިހާމް އާއި ޓްރޮފިކަލް އައިލްސް ކަލެކްޝަންގެ އަބްދުﷲ ސުއޫދު އެވެ. މީގެ އިތުރުން ޓްރެޒަރާ އަކަށް ހޮވިފައިވަނީ ވިސްޓާ ކޮމްޕެނީގެ އަލީ އަހުމަދު އެވެ. މީގެ އިތުރުން ވެސް ފަސް މެންބަރުން ހޮވާފައިވެ އެވެ.

މަޓާޓޯގެ ރައީސް ކަމަށް އަބްދުﷲ ހަވާލުވެވަޑައި ގަތުމާއެކު، އެ ޖަމިއްޔާގެ ހިންގުން ވަރުގަދަ ކޮށް ލޯކަލް ޓްރެވަލް އެޖެންޓުގެ ހައްގުގައި ވަނީ ގިނަ މަސައްކަތަކެއް ކޮށްފަ އެވެ. މީގެ އިތުރުން މަޓާޓޯ އިސް ނަގައިގެން މި އަހަރު އެކަނި ވެސް ބޭރުގެ ހަތް ފެއާއަކަށް ގޮސް ރާއްޖެ އިޝްތިހާރު ކޮށްފައިވެ އެވެ.