މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން، ވީއޭއެމްގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ރިޔާޒު އަލުން އިންތިހާބުގައި ވާދަ ނުކުރައްވާން ނިންމަވައިިފި އެވެ.
މިއަހަރު މާޗް މަހު ތިން ވަނަ ދައުރަކަށް ވީއޭއެމްގެ ރައީސް ކަމަށް ރިޔާޒު އިންތިހާބު ވެވަޑައިގެންނެވި ނަމަވެސް އިންތިހާބުގައި ގިނަ ފުށުއެރުންތަކެއް ހުރިކަމަށް ބުނެ ހޯމް މިނިސްޓްރީން ވަނީ ވީއޭއެމްގެ އިންތިހާބު އަލުން ބޭއްވުމަށް ކޮމިޓީއަކާ ހަވާލު ކޮށްފަ އެވެ.
އިންތިހާބުގައި ކުރިމަތި ނުލެއްވި ސަބަބާ ބެހޭ ގޮތުން ކޮމެންޓެއް ކުރައްވަން ރިޔާޒު ބޭނުންފުޅެއް ނުވެއެވެ.
އިންތިހާބު ބާއްވައި އާ އެކްސްކޯއާ ހަވާލު ވަންދެން ވީއޭއެމް ހިންގުމުގައި ރިޔާޒު ދެމި ހުންނަވާނެއެވެ. ރިޔާޒު އަކީ ރާއްޖޭގެ އުފެދުނު މަޝްހޫރު ވޮލީ ރެފްރީއެކެވެ.