އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރުމަށްފަހު ފަލަސްތީނުގެ މައްސަލައިގައި އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެންމެ ވާދަވެރި ދެ ކެނޑިޑޭޓުން ކަމަށްވާ ޑިމޮކްރެޓިކުންގެ ހިލަރީ ކްލިންޓަން އާއި ރިޕަބްލިކަންގެ ޑޮނަލްޑް ޓްރަމްޕްގެ ވާހަކަތައްވެސް ހުރީ އެއް ރާގެއްގަ އެވެ.
ނިއުޔޯކްގައި ހުންނަ ޓްރަމްޕް ބިލްޑިންގައި ނަތަންޔާހޫ ވަނީ ޓްރަމްޕްއާ ބައްދަލު ކުރުމަށްފަހު އޭގެ ގަޑިއެއްހާއިރު ފަހުން ހިލަރީއާވެސް ބައްދަލު ކުރައްވާފައެވެ.
ނަތަންޔާހޫ އާ ބައްދަލު ކުރުމަށްފަހު ޓްރަމްޕް ވިދާޅުވީ އޭނާގެ ރިޔާސީ ދައުރުގައި އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނާނީ ގުދުސް ކަމަށެވެ.
ހިލަރީ ވަނީ ނަތަންޔާހޫ އާ ބައްދަލު ކުރުމަށްފަހު ފަލަސްތީން އިސްރާއީލް މައްސަލައިގައި އދ އިން ހުށަހަޅާފައިވާ ސުލްހައިގެ އެއްބަސްވުމާ އޭނާ ދެކޮޅުކަން ވިދާޅުވެފަ އެވެ.
އދ އިން ހުށަހަޅާފައިވަނީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ކަނޑައެޅުމަށްފަހު ފާލަސްތީނުގެ ދައުލަތްވެސް އުފެއްދުމަށެވެ.
ނަމަވެސް ހިލަރީ ވިދާޅުވީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްހަ ގާއިމުކުރުމަށް އެހެން ފަރާތެއް މެދުވެރިވާން ޖެހޭކަން ގަބޫލު ނުކުރާ ކަމަށާއި އެކަމަށް ވާހަކަ ދައްކަން ޖެހޭނީ ސީދާ އެ ދެގައުމުން ކަމަށެވެ. އިރުމަތީ ގުދުސް ފަލަސްތީނަށް ދޭކަށް އިސްރާއިލުން ގަބޫލެއް ނޫނެވެ.
ހިލަރީ އިތުރަށް ވިދާޅުވީ އިސްރާއީލް ވަރުގަދަ ދައުލަތެއްގެ ގޮތުގައި އޮތުމަކީ އެމެރިކާއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ހިލަރީ އާއި ޓްރަމްޕް ވާހަކައާ ގުޅުވައި ނަތަންޔާހޫ ވިދާޅުވީ އެމެރިކާ އިން އިސްރާއީލާ މެދު ހިލަރީ އާއި ޓްރަމްޕް ބެހެއްޓި ގާތް ކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ނަވާރަސަތޭކަ ފަސްދޮޅަށް ހަތެއްގައި އުފެދުނު އިސްރާއީލްގެ ބައި މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ 120 ގިނަ ނޭބާހުޑް ތަކަކީ ބައިނަލްއަގްވާމީ ގަރާރުތަކާ ހިލާފަށް އިމާރާތްކޮށްފައިވާ ތަންތަނެވެ.