ދުނިޔެ

ފަލަސްތީނުގެ ނޫސްވެރިންގެ ފޭސްބްކް އެކައުންޓް ބްލޮކް ކޮށްފި

Sep 27, 2016

ފަލަސްތީނުގެ ބައެއް ނޫސްތަކުގެ އެޑިޓަރުންގެ ފޭސްބްކް އެކައުންޓްތައް ފޭސްބްކްއިން ބްލޮކްކޮށްފިއެވެ.

ވަކި ސަބަބެއް އެންގުމެއް ނެތި ފަލަސްތީނުގެ އެޑިޓަރުންގެ ފޭސްބްކް އެކައުންޓް ބްލޮކް ކުރިކަމަށް، ބެލެވެނީ މިމަހު ކުރީ ކޮޅު އިޒްރޭލާއި ފޭސްބުކާ ދެމެދު ކުރެވުނު އެއްބަސްވުމުގެ ދަށުން، އިޒްރޭލާ ދެކޮޅަށް ޕޯސްޓްކުރާ އެކައުންޓްތައް ބްލޮކް ކުރުމަށް އެފްބީއައިއިން އެއްބަސްވުމުންނެވެ.

މިދިޔަ ހަފުތާގައި ފޭސްބުކުން ވަނީ ފަލަސްތީނުގެ ނިއުސް އެޖެންސީ ޝެހަބް ނިއުސް އެޖެންސީ ހަތަރު އޭޑިޓަރުންގެ ޕާސަނަލް އެފްބީގެ އެކައުންޓް ބްލޮކްކޮށްފައެވެ.

ގްދުސް ނިއުސް ނެޓްވޯކްގެ ތިން އެޑިޓަރުންގެ ފޭސްބްކް އެކައުންޓް ބްލޮކްކޮށްފައެވެ.

ފޭސްބްކްގެ އާންމު މިންގަނޑާ ހިލާފަށް އެއްޗެއް ޕޯސްޓް ނުކުރި ނަމަވެސް ޝަރީކް ގްދުސް ނިއުސް އެޖެންސީގެ ފޭސްބްކް ޕޭޖުވެސް ވަނީ ބޮލްކޮށްކޮށްފައެވެ.

އެކަމާ ބެހޭގޮތުން ފޭސްބްކަށް އެ އެޖެންސީން ވަނީ ބްލޮކް ކުރި ސަބަބު ހޯދަން މެސެޖްކޮށްފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު މެސެޖަށް ރިޕްލައިކޮށްފައިވަނީ އެ އެޖެންސީގެ އެކައުންޓް ބްލޮކް ކުރެވުނީ އޮޅުމަކުން ކަމަށެވެ.