ދުނިޔެ

މޫނު ބުރުގާ މަނާ ކުރުމަށް ސްވިޒަލޭންޑްގެ މަޖީލީހުން ފާސް ކޮށްފި

Sep 28, 2016

ސްވިޒަލޭންޑްގައި މޫނު ބުރުގާ މަނާ ކުރުމަށް އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ތިރި ގެއިން ފާސްކޮށްފިއެވެ.

މި ބިލް މަޖިލީހަށް ހުށަހެޅީ ކަނާތު ފިޔައިގެ ސްވިސް ޕީޕަލްސް ޕާޓީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވޯލްޓާ ވޮބްމަންއެވެ.

މި ޕާޓީއަކީ ސްވިޒަލޭންޑާއި ޔޫރަޕްގައި މިސްކިތްތަކުގެ މުންނާރުތައް ތަޅާ ލުމަށް 2012 ވަނަ އަހަރު ގޮވާލި ޕާޓީއެވެ. އޭގެ ސަބަބުން މިސްކިތްތަކަށް ހަމަލާދިނުން ސްވިޒަލޭންޑާއި ޔޫރަޕްގައި އިތުރުވެގެން ދިޔައެވެ.

މޫނު ބުރުގާ މަނާ ކުރުމުގެ ބިލް މަޖިލީހުން ފާސްވީ ހަނި އަގުލަބިއްޔަތަކުންނެވެ. މަނާ ކުރަން ފެންނަ ކަމަށް ވޯޓް ދިން އިރު 88 އަށް މެންބަރުން ވޯޓް ދިން އިރު އެ ބިލާ ދެކޮޅަށް 87 މެންބަރުން ވަނީ ވޯޓް ދީފައެވެ.

މިބިލް މަޖިލީހުގެ ތިރިގެއިން ފާސް ކުރި ނަމަވެސް މިބިލް ތަސްދީގު ކުރުމުގެ ކުރިން މަތިގޭގެ މަޖިޅިހުން ފައިނަލް ނިންމުމުން ނިންމަށް ފޮނުވުމުގެ ބާރު ސްވިޒަލޭންޑް ސަރުކާރަށް އެބައޮތެވެ.

ޔޫރަޕް ބުރުގާ އާއި މޫނު ބުރުގާއާ ދެކޮޅަށް އެންމެ ހަރުކަރި ފިޔަވަޅުތައް އަޅާފައިވަނީ ފްރާންސްގައެވެ.