ދުނިޔެ

ބޮޑު ދެ ޕާޓީ ދެކެ އެމެރިކާ ފޫހި ވެއްޖެ: ދިރާސާ

އެމެރިކާގެ ގިނަ ރައްޔިތުން މިހާރު އޮތް ބޮޑު ދެ ޕާޓީ ކަމަށްވާ ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީގެ ބަދަލުގައި ތިން ވަނަ ބޮޑު ޕާޓީއެއް ބޭނުންވާ ކަމަށް އިއްޔެ އާންމު ކުރި ހިޔާލު ހޯދުމުގެ ވޯޓްތަކުގެ ދިރާސާތަކުން ދައްކައިފި އެވެ.

އެމެރިކާގެ ގާލްއަޕްގެ އަހަރީ ގަވަނަންސް ޕޯލްގެ އަންދާޒާތައް ދައްކާ ގޮތުން 57 ޕަސަންޓް އެމެރިކާގެ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި ބޮޑު ދެ ޕާޓީއަށް އެމެރިކާ ބޭނުންވާ ހަގީގީ ދައުރު އަދައެއް ނުކުރެވެއެވެ.

ދެހާސް އަށް ވަނަ އަހަރާއި 2012 ވަނަ އަހަރު އެމެރިކާގެ ތިން ބައި ކުޅަ އެއްބައި މީހުން ވޯޓް ދީފައި ވަނީ ތިން ވަނަ ކެނޑިޑޭޓަށެވެ.

ހިޔާލު ހޯދުމުގެ ވޯޓްތަކުގެ ނަތީޖާއިން ދެއްކި ގޮތުގައި ރިޕަބްލިކަން ޕާޓީގެ 51 ޕަސަންޓް މީހުންނާއި ޑިމޮކްރެޓިކް ޕާޓީގެ 43 ޕަސަންޓް މީހުން ތާއީދު ކުރަނީ ތިން ވަނަ ޕާޓީ އަށެވެ. އަދި ޕޯލްގައި ބައިވެރިވި 73 ޕަސަންޓް މީހުން ތިބީ ވަކި ކޮޅެއް އިހްތިޔާރު ނުކޮށެވެ.

ޕޯލްގައި ބައިވެރިވި މީހުގެ ތެރެއިން 2013 ރިޕަބްލިކަން ޕާޓީގެ 52 ޕަސަންޓް މީހުން ވޯޓް ދީފައިވަނީ ތިން ވަނަ ޕާޓީއަށެވެ. ދެހާސް ހަ ވަނަ އަހަރު ޑިމޮކްރެޓިކް ޕާޓީގެ 50 ޕަސަންޓް މީހުންވަނީ ތިން ވަނަ ޕާޓީއަށް ވޯޓް ދީފައެވެ.

މިއަހަރު އެމެރިކާގެ ރިޔާސީ އިންތިހާބުގެ ތިން ވަނަ ކެނޑިޑޭޓަށް ލިބޭ ވޯޓްގެ އިންސައްތަ 10 ގުނަ އިތުރު ވާނެ ކަމަށް ޕޯލްގެ ނަތީޖާތައް ވަނީ ދައްކާފައެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ތިން ވަނަ ކެނޑިޑޭޓަށް ދޭ ވޯޓަކީ "އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ދެވޭ ވޯޓެއް" ކަމަށް ވިދާޅުވެ ތިނަ ވަނަ ކެނޑިޑޭޓަށް ވޯޓް ނުދިނުމަށް ގޮވާލާފައެވެ.