ދުނިޔެ

ބައި ގަރުނުވީ ހަނގުރާމަ ހުއްޓާލައި ސްލުހަވާން ކޮލަމްބިއާ ރައްޔިތުން ދެކޮޅު

Oct 3, 2016

ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީ ދާހިލީ ހަނގުރާމަ ހުއްޓަލައި ކޮލަމްބިއާގެ ހަނގުރާމަވެރި ޖަމާއެއްތެއް ކަމަށްވާ ފާކްއާ ސްލަހަވާން ނެގި ފެންނަ ނުފެންނަ ވޯޓްގައި ސްލަހްވާން ނުފެންނަ ކަމަށް ކޮލަމްބިއާގެ ރައްޔިތުން ވޯޓްް ދީފިއެވެ.

އިއްޔަ ނެގި ފެންނަ ނުފެންނަ ވޯޓަކީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ދާހިލީ ހަނގުރާމަ ހުއްޓަލައި ފާކްއާ އެކު ސުލްހަވެ، އެ ޖަމާއަތަށް ވެސް ސިޔާސީ ހަރަކާތެއްގެ ގޮތުގައި މުޖުތަމައުން ޖާގަ ދިނުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ.

ފާކަށް އެ ފުރުސަތު ނުދިނުމަށް އަގްލަބިއްޔަތު ލިބުނީ ހަނި ތަފާތަކުންނެވެ. ނުވަދިހަ ނުވަ ޕަސަންޓް ވޯޓް ފޮށީގެ ނަތިޖަތައް ހާމަ ކުރިއިރު 50.2 ޕަސަންޓް މީހުން ވޯޓް ދީފައިވަނީ އެކަމަށް ނުފެންނަ ކަމަށެވެ. ފެންނަ ކަމަށް ވޯޓް ދީފައިވަނީ 49.8 ޕަސަންޓް މީހުންނެވެ.

ފާކްއާ އެކު ސްލަހަވުމަށް ތާއީދު ކުރައްވައި ކެމްޕޭން ފެއްޓެވި ކޮލަމްބިއާގެ ރައީސް ހުއާން މެނައުލް ސަންޓޯސް ވިދަޅުވީ "ވޯޓްގެ ނަތީޖާ އިއުލާން ކުރި ނަމަވެސް ފާކް އާއި އެކު އެއްބަސްވެފައިވާ ސްލަހައިގެ މުއާދާ ދެމިއޮންނާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެ މުއާހަދާ ދަމަހައްޓަން ޖެހޭ" ކަމަށެވެ.

އޭނާ ވިދާޅުވީ މައްސަލައިގައި އިތުރަށް ވާހަކަ ދެއްކުމަށް އިދިކޮޅު ފަރާތްކާ ހަމަޔަށް ވާސިލުވާނެ ކަމަށާއި އަދި ސަރުކާރުގެ އިސްފަރާތްކަށް ކިއުބާއަށް ގޮސް ފާކްގެ ލީޑަރުންނާ މަޝްވަރާ ކުރުމަށް ދަންނަވާނެ ކަމަށެވެ.

"އަހަރެން ފަހަތަކަށް ނުޖެހޭނަން. އަހަރެންގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނޭ ދާއިރާއިން އެންމެ ފަހު ވަގުތާ ހަމަޔަށްވެސް ސްލަހަ ހޯދުމަށް މަސައްކަތް ކުރާނަން" ސަންޓޯސް ވިދާޅުވިއެވެ.

ފާކްގެ އެންމެ އިސް ލީޑަރު ރޮޑްރިގޯ ލޮންޑޯނޯ ބުނީ "ފެންނަ ނުފެންނަ ވޯޓްގެ ނަތީޖާ އައި ނަމަވެސް ސްލަހަ ވުމަށް" އެޖަމާއަތުން އެންމެ މަތީ ދަރަޖައަށް ބޭނުންވާ ކަމަށެވެ.

"ފާކުން އަދިވެސް ބުނާނީ ސްލަހަ ގާއިމު ކުރުމަށް އޮތް ހަތިޔާރަކީ ވާހަކަ ދެއްކުމޭ. ކޮލަމްބިއާގެ ރައްޔިތުން ސްލަހަ އަށް ހުވަފެން ދެކޭ ނަމަ. އަހަރެމެންވެސް ހިމަނާ. ސުލްހަ އަންނާނެ" ރޮޑްރިގޯ ބުންޏެވެ.