ރާއްޖެ ކުޅިވަރު

އިންޓަ އޮފީސް ބެޑްމިންޓަން: ޗެމްޕިއަންކަން ބީއެމްއެލް އާއި އެމްއެންޑީއެފް

ސަރުކާރު އަދި އަމިއްލަ އޮފީސް، ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި ބެޑްމިންޓަން މުބާރާތުގެ އަންހެން ޗެމްޕިއަންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހޯދިއިރު، ފިރިހެން ޗެމްޕިއަން އެމްއެންޑީއެފްް ހޯދައިފި އެވެ.

ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ހޯލްގައި ކުޅުނު ފައިނަލް މެޗްގައި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ބީއެމްއެލް ހޯދީ ހައުސިންގް މިނިސްޓްރީއާ ވާދަކޮށް 4-2 ސެޓުން ކުރި ހޯދައިގެންނެވެ. އަންހެން ކެޓަގަރީގެ ތިން ވަނަ ޓީމަކީ ސްޓެލްކޯ އެވެ.

ފިރިހެން ޑިވިޝަންގެ ޗެމްޕިއަން އެމްއެންޑީއެފް ހޯދީ ފުލުހުންނާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗް 4-3 ސެޓުން ކުރި ހޯދައިގެންނެވެ. ފިރިހެން ކެޓަގަރީގެ ތިން ވަނަ ޓީމަކީ އެމްޑަބްލިއުއެސްސީ އެވެ.

މުބާރާތުގެ އެކި ވަނަ ވަނައަށް އައި ފަރާތްކަށް އިނާމް ދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިޓަރު އިރުތިޝާމް އާދަމެވެ.