ރާއްޖެ ކުޅިވަރު

ވޮލީ ތިން ރެފްރީން އިތުރު ތަމްރީން ހޯދަން ތައިލެންޑަށް

ރާއްޖޭގެ ވޮލީ ރެފްރީން ކަމަށްވާ (ކުންޑި) އަހްމަދު ސަލީމް އާއި އަހްމަދު ނަޝީދު އަދި އަބްދުލް މަޖީދު މޫސާ އޭޝިއާގެ ވޮލީ ކޮންފެޑްރޭޝަން (އޭވީސީ) ގެ ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވެއްޖެ އެވެ.

ކުންޑި އާއި ނަޝީދަކީ އިންޓަނޭޝަނަލް ދެ ރެފްރީންނެވެ. އަދި މަޖީދު އަކީ ގައުމީ ލެވަލްގެ ސީނިއާ ރެފްރީއެކެވެ.

ވީއޭއެމްގެ ރެފްރީސް ޑިޕާޓްމެންޓުން ބުނީ ތައިލެންޑްގައި ކުރިއަށްދާ ޓްރެއިނިން ޕްރޮގްރާމަކީ އިންޓަނޭޝަނަލް ރެފްރީންނާއި އިންޓަނޭޝަނަލް ރެފްރީންނަށްވުމަށް ފުރުސަތު އޮތް ރެފްރީންނަށާއި ގައުމީ ލެވެލްގެ ސީނިއާ ރެފްރީންނަށް ހިންގާ ޕްރޮގްރާމެކެެވެ.

ކުންޑިއަކީ މިވަގުތު ރާއްޖޭގެ އެއް ވަނަ ރެފްރީއެވެ. އޭނާ ވަނީ މިއަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ވޮލީގެ ފައިނަލް މެޗްގައި އިސް ރެފްރީކަން ކޮށްފައެވެ.