ދުނިޔެ

ތޫފާން މެތިއުގައި ހެއިޓީއިން މަރުވި މީހުންގެ އަދަދު 900 އަށް

Oct 8, 2016

ހެއިޓީ އަށް މިހާރު ކުރިމަތިވެފައިވާ ބާރުގަދަ ތޫފާން މެތިއުގައި ނުވަ ސަތޭކަ އާ ގާތް ކުރާ އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ރޮއިޓަސް އިން ބުނެފައިވަނީ ތޫފަނުގައި 877 މީހުން މަރުވެފައިވާ ކަމަށާއި އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށެވެ. އަދީ ތޫފާންގެ ސަބަބުން ކޮލެރާގެ ބަލިމަޑުކަން ފެތުރި މަރުވި މީހުންގެ އަދަދު މަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ހާލުގައި ޖެހިފައިވާ މީހުން ތިބި ސަރަހައްދުން ބުނެފައިވަނީ އެންމެ ފަހުން ގިނައިން މީހުން މަރުވެފައިވަނީ ވިލެޖް ސަރަހައްދުން ފަރުބަދަމަތީ ހިސާބު އުޅޭ މީހުން ކަމަށެވެ.

ތޫފަންގެ ސަބަބުން ބޮޑަށް ޒަހަމުވެފައިވާ މީހަކަށް ފަރުވާ ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި ތޫފާންގެ ބާރުގަދަ ކަމުން އެމީހާއާ ހަމަޔަށް ފަރުވާ ފޮރުކޮށް ދިނުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

މީގެ އިތުރުން އެކި ހިސާބުތަކުގައި ފެންބޮޑުވެ ނުތާހިރު ވުމުން ކޮލެރާގެ ބަލި މަޑުކަން ވަނީ ފެތުރެން ފަށައިފައެވެ.

ވިލެޖް ސަރަހައްދުގެ މާޔަރެއް ބުނީ އެ ސަރަހައްދުގެ ތިން ޓައުނުން ގިނަ އަދަދެއަގެ މީހުން މަރުވެފައިވަނީ އެމީހުން ދިރިއުޅެމުންދިޔަ ގެތަކުގެ މައްޗަށް ބޮޑެތި ގަސްތައް ވެއްޓުމުން ކަމަށެވެ. އަދި 20 މީހަކު ވީނުވީތަނެއް ނޭނގި ގެއްލިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.