ވިޔަފާރި

ޓީޓީއެމް ފެއާގެ އެސޯސިއޭޓް ޕާޓްނަރަކަށް މަޓާޓޯ

Oct 12, 2016
  • ޓާގެޓަކީ ދެ މިލިއަން ޓޫރިސްޓުން ގެނައުން
  • ޓީޓީއެމް އޮތީ އަންނަ އަހަރު
  • ސަތޭކަ ރިސޯޓުން ބައިވެރިވޭ

ދިވެހި ޕީއާރު ކުންފުންޏެއް ކަމަށްވާ "މޯލްޑިވްސް ގެޓަވޭސް" އިން ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގެ އެސޯސިއޭޓް ޕާޓްނަރަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާސް (މަޓާޓޯ) ހަމަޖައްސައިފި އެވެ.

ޓީޓީއެމް ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނީ އަންނަ އަހަރުގެ ޖުލައި މަހު ދަރުބާރުގޭގައި ބާއްވާ ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ޓޫރިޒަމް ފެއާގެ ޕާޓްނަރަކަށް ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ ވެފައިވާ ކަމަށެވެ.

ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަކާއެކު، ބާއްވާ މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިންވެރިން އަދި 50 ނޫސްވެރިންނާއި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރިވާނެ އެވެ.

މޯލްޑިވްސް ގެޓަވޭސްއިން ރިސޯޓުތަކަށް ހާއްސަ ފެއާއެއް އިންތިޒާމު ކުރިއިރު، 160 ގެސްޓް ހައުސް ވެރިންނާއެކު ދާދިފަހުން ގެސްޓް ހައުސް ކޮންފަރެންސް ވެސް ބާއްވާފައިވެ އެވެ.