ވިޔަފާރި

މި އަހަރު ޓޫރިޒަމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ އިންޑިޔާއިން!

މި އަހަރުގެ މިހާތަނަށް ޓޫރިޒަމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިންޑިޔާއިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް 37،529 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އެ ގައުމުން ޒިޔާރަތް ކުރި 30،101 މީހުންނާ އަޅާބަލާއިރު 24.7 ޕަސެންޓް އިތުރުވުމެކެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު 4،660 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ޒިޔާރަތް ކުރީ 6,919 މީހުންނެވެ. މިއީ 48.5 ޕަސެންޓް އިތުރު އަދަދެކެވެ.

ހިސާބުތައް ދައްކާ ގޮތުގައި މަހުން މަހަށް އަންނަނީ އިންޑިޔާ މީހުންގެ އަދަދު އިތުރުވަމުންނެވެ. މި އަހަރުގެ ޖެނުއަރީ މަހު ޒިޔާރަތް ކޮށްފައިވަނީ 6،043 މީހުންނެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޒިޔާރަތް ކުރި 5،183 މީހުންނާ އަޅާބަލާއިރު 16.6 ޕަސެންޓް އިތުރުވުމެކެވެ.

އިންޑިޔާ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނައިރު، ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ދަނީ އިންޑިޔާ އަށް ހާއްސަކޮށް މާކެޓިން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންޑިޔާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ބޭރަށް ޗުއްޓީ ހޭދަ ކުރަން މީހުން ދަތުރުކުރާ ގައުމެވެ.