ވިޔަފާރި

އިންވެސްޓްމެންޓް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް ދިރާގު

Oct 12, 2016

ތިންވަނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވެއްޖެއެވެ.

މިއަހަރުގެ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ބާއްވަން ހަމަޖައްސާފައި ވަނީ ނޮވެމްބަރ މަހު 21 އަދި 22 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި އެވެ.

ދިރާގުން މިއަދު ވަނީ، އިންވެސްޓްމެންޓް ފޯރަމްގައި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީއާ އެކު ސޮއިކޮށްފައެވެ. މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ސްޕޮންސާޝިޕް އެގްރިމެންޓުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ދިރާގުގެ ފަރާތުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.

ފާއިތުވެ ދިޔަ ދެ އަހަރު ވެސް މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވާ އިރު، އެ ދެ ފަހަރުވެސް ދިރާގުން ވަނީ އެ ފޯރަމްތަކުގައި ބައިވެރިވެފައެވެ.