ވިޔަފާރި

ޕްރިންޓް އެންޑް އެޑްވަޓައިޒިން ޝޯގެ އޮންލައިން ޕާޓްނަރަކަށް "އަވަސް"

  • ޝޯ އޮތީ އަންނަ މަހު
  • ޝޯ އޮންނާނީ އާޓްގެލަރީގަ
  • މުހިންމު ފެއާއެއް

ރާއްޖޭގެ ފުރަތަމަ ޕްރިންޓް އެންޑް އެޑްވަޓައިޒިން ޝޯގެ އޮންލައި މީޑިޔާ ޕާޓްނަރަކަށް "އަވަސް" އޮންލައިން ހަމަޖައްސައިފި އެވެ.

ހައިރަޒް އިން އިންތިޒާމުކޮށްގެން، ޕްރިންޓިން އެންޑް އެޑްވަޓައިސިން ޝޯ 2017 (ޕާސް) ގެ ނަމުގައި ބާއްވާ ޝޯގެ އޮންލައިން މީޑިޔާ ޕާޓްނަރުގެ އެއްބަސްވުމުގައި އަވަސްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރު އައިމިނަތު މުހައްމަދު އެވެ. އަދި ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރު މަރިޔަމް މާއިޝާ އެވެ.

ރާއްޖޭގައި އަލަށް ގިނަ އަދަދެއްގެ ފެއާތަކެއް އިންތިޒާމުކުރަމުން ގެންދާ ހައިރައިޒް އިން ޕާސްގެ ނަމުގައި މި ފަހަރު ބާއްވާ ޕްރިންޓިން އެންޑް އެޑްވަޓައިސިން ޝޯގެ އޮންނާނީ އަންނަ މަހުގެ 21-23 އަށް ނޭޝަނަލް އާޓްގެލަރީގަ އެވެ. މި ފެއާގައި ރާއްޖޭގައި ޕްރިންޓިންގެ ދާއިރާގެ ބޮޑެތި ހުރިހާ ކުންފުނިތަކާއި އިވެންޓް މެނޭޖު ކުރުމާއި އިޝްތިހާރު ހެދުން ފަދަ މަސައްކަތް ކުރާ ކުންފުނިތަކުން ބައިވެރިވާނެ އެވެ.

ޕާސްގެ އޮންލައިން މީޑިޔާ ޕާޓްރަކަށް "އަވަސް" ހަމަޖެއްސިއިރު މީގެ ކުރިން ބޭއްވި ގިނަ އިވެންޓުތަކުގެ ޕާޓްނަރުކަން އަވަސްއިން ކޮށްފައިވެ އެވެ. މީގެ ތެރޭގައި ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޓަނޭޝަނަލް ފްރެންޗައިޒް ޝޯ ކަމަށްވާ "މޯލްޑިވިއަން އައިޑޮލް، 1 އަދި 2" އިތުރުން ރާއްޖޭގެ ފުރަތަމަ ގެސްޓްހައުސް ފެއާ އާއި ރާއްޖޭގައި ބޭއްވި ފުރަތަމަ ޓޫރިޒަމް ފެއާ ޓީޓީއެމް ހިމެނެ އެވެ. މީގެ ރާއްޖޭގައި ދަތުރުރާވާ ހިންގާ ފަރާތްތަކަށް ހާއްސަކޮށް ބާއްވާ ފެއާ ކަމަށްވާ "ވެކޭޝަންސް އެކްސްޕޯ" ހިމެނެ އެވެ.