ރާއްޖޭގައި ބާއްވާ ފުރަތަމަ ޕްރިންޓް އެންޑް އެޑްވަޓައިޒިން ސާވިސް ޝޯ (ޕާސް) ގެ ނަމުގައި އަންނަ މަހު ބާއްވާނެ އެވެ. ހައިރައިޒްއި ން އިންތިޒާމުކޮށްގެން ނޭޝަނަލް އާޓްގެލަރީގައި ބާއްވާ މި ޝޯ ނުވަތަ ފެއާއަށް ތައްޔާރުވަމުންދާއިރު މީގެ ފެއާއެއް ރާއްޖެއަށް މުހިންމު ވަނީ ކީއްވެގެން ހެއްޔެވެ؟ ތިރީގައި އެވަނީ "ޕާސް" ރާއްޖެއަށް މުހިންމުވާ ސަބަބުތަކެވެ.
ހަމައެކަނި ޕްރިންޓްކުރާ މީހުނެއް ނޫން!
ޕާސް ފެއާގައި ބައިވެރިވަނީ ހަމައެކަނި ޕްރިންޓްކުރާ ފަރާތްތަކެއްވެސް ނޫނެވެ. މި ފެއާގައި ޕްރިންޓު ކުރާ ކުންފުނިތަކާއި އިވެންޓު ރާވާ ހިންގާ ކުންފުނިތައް އަދި މި ނޫން ވެސް އެހެން ފަރާތްތަކުން ބައިވެރިވާނެ އެވެ. ހާއްސަކޮށް މި ދާއިރާއަކީ ދިވެހިން ގިނައިން މަސައްކަތް ކުރާ ދާއިރާތަކެކެވެ. އެހެންކަމުން މި ދާއިރާގައި ހުރި ފުރުސަތުތައް އެނގިގެން ދިއުމަކީ ހަމަ ޔަގީނުންވެސް މި ދާއިރާއިން ލިބޭނެ ފުރުސަތުތައް ގިނަ ވާނެ ސަބަބެކެވެ.
ޓޫރިޒަމް ދާއިރާ ގުޅުވައިލުން
ރާއްޖޭގެ ކޮންމެ ވިޔަފާރިއެއްވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވަނީ ޓޫރިޒަމާ ގުޅިފަ އެވެ. އެހެންވެ މި ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކަށްވެސް މި ފުރުސަތު އެބައޮތެވެ. ހާއްސަކޮށް އިވެންޓުތައް ރޭވުމާއި ޕްރިންޓިން ފަދަ ދާއިރާތަކަކީ މިލިއަން ރުފިޔާގެ ވިޔަފާރިތަކެވެ. ރާއްޖޭގައި 100 އަށްވުރެ ގިނަ ރިސޯޓުން ހިދުމަތްދެ އެވެ. އަދި މި އަހަރުވެސް 20 އަކަށް ރިސޯޓު ހުޅުވާނެ އެވެ. އެހެންކަމުން މި ތަންތަނަށް ބޭނުންވާ ޕްރޮމޯޝަނަލް މެޓީރިއަލް ހެދުން ފަދަ މަސައްކަތްތައް ކުރުމަށް ވެސް ދިވެހި ކުންފުނިތަކަށް ފުރުސަތު އެބައޮތެވެ.
މި ދާއިރާގެ ކުރިއެރުން ދައްކާލުން
ރާއްޖެއަށް ބަލާއިރު ދިގު ތާރީހެއް އޮތް ކުންފުނިތައް ރާއްޖޭގައި އެބައޮތެވެ. ކުޑަ މިސާލެއް ނަގާނަމަ، ނޮވެލްޓީއެވެ. ނޮވެލްޓީ ޕްރިންޓާސްއަކީ ރާއްޖޭގެ އެންމެ ދުވަސްވީ ޕްރިންޓިން ކުންފުންޏެވެ. އަދި ފަހުން އަރައިގެން އައި މި ދާއިރާގެ ކުންފުނިތައް ކަމަށްވާ "އެމްސެވަން" އާއި "ޕްރިންޓް ލެބް" ފަދަ ކުންފުނިތަކުން މިހާރު ވަނީ ޓެކްނޮލޮޖީގެ ރޮނގުންވެސް ކުރިއެރުން ގެނެސްދީފަ އެވެ. އެހެންކަމުން މި ފެއާއިން މި ދާއިރާގެ ތަރައްގީ ވަޒަން ކުރެވޭނެ އެވެ.
"ޕާސް" ގެ ޕާޓްނަރުންނާއި ސްޕޮންސަރުން
* މެއިން ސްޕޮންސާ: އެމްސެ 7 ޕްރިންޓާސް
* ކޯ- ސްޕޮންސާ: ޓޮޕް ޕްރިންޓާސް
* ކޯ- ސްޕޮންސާ: ނޮވެލްޓީ ޕްރިންޓާސް
* ކޯ- ސްޕޮންސާ: ޕްރިންޓް ލެބް
---------------------------------------------
* އޮންލައިން ނިއުސް ޕާޓްނާ: އަވަސް
* ޕަބްލިކޭޝަން ޕާޓްނާ: އައިލެންޑް ޗީފް
* ސެކިއުރިޓީ ޕާޓްނާ: އޭއެސްއޭޕީ
ޕާސް އޮންނާނީ އަންނަ މަހުގެ 21 އިން 23 އަށް ނޭޝަނަލް އާޓްގެލަރީގަ އެވެ.