އޯޖީ އިމޭޖް

ވީއޭއެމް އާއި ލަންކާގެ ވޮލީ ފެޑްރޭޝަން ގުޅިގެން ޑިވްލަޕްމެންޓަށް މަސައްކަތް ކުރަނީ

Oct 16, 2016
1

ވޮލީގެ ފެންނީ ދާއިރާ ތަރައްގީ ކުރުމަށް އަވަށްޓެރި ޝުރީލަންކާގެ ވޮލީބޯޅަ ފެޑްރޭޝަނާ މަޝްވަރާ ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގެ ވަފުދެއް ޝްރީލަންކާއަށް ވަޑައިގެންފި އެވެ.

މި ވަފުދުގައި ހިމެނެނީ ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފާއި މަޝްހޫރު ވޮލީ އިބްރާހިމް ޖަލީލް (ޖައްލަ) އެވެ.

"މިއީ ވޮލީ ޑިވްލަޕްމެންޓް ދާއިރާއިން ލަންކާއާ ރާއްޖެއާ ދެމެދު އެކްސްޕަޓައިޒު ބަދަލު ކުރުމާ ބެހޭގޮތުން މަޝްވަރަ ކުރުމަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރެއް" ވީއޭއެމްގެ ރައީސް މުހައްދު ލަތީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ވޮލީ ރެފްރީންގެ ފެންވަރު ރަނގަޅު ކުރުމަށާއި ކޯޗުންގެ ފެންވަރު މަތިކުރުމަށް ލަންކާގެ ވޮލީބޯޅަ ފެޑަރޭޝަންގެ އެހީތެރިކަން ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

މީގެ އިތުރުން ވޮލީގެ ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާއިރު، ވައިޑީޕީ ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށް ދިނުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރާނެ ކަަމަށެވެ.

ރާއްޖޭގެ ވަފުދުން ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ލަންކާގެ ފެޑްރޭޝަންގެ ރައީސްގެ އިތުރުން ސެކެޓްރީ ޖެނަރަލްއާ ކަމަށް ލަތީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރަހައްދީ ވޮލީ އެސޯސިއޭޝަންތަކަ ގުޅުން ގާއިމު ކުރުމުގެ ގޮތުން އިންޑިއާގެ ޗެންނާއީ އަށްވެސް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.