ހަބަރު

އެލްޖީއޭއިން ހައްޖު ކޯޕަރޭޝަން ސްކީމްގައި ބައިވެރިވެއްޖެ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހައްޖު ކޯޕަރޭޝަން ސްކީމްގައި ބައިވެރިވެއްޖެ އެވެ. މިއަދު އެޖްޖީއޭގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެ އިދާރާގެ ފަރާތުން ސޮއި ކުރެއްވީ ނައިބު ރައީސް މޫސާ ނަސީރު އަހުމަދު އެވެ. އަދި ހައްޖު ކޯޕަރޭޝަން ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓާ ޔާމީން އިދުރީސް އެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ހައްޖު ސްކީމްގައި އެލްޖީއޭއިން ބައިވެރިވުމާއި އެކު އެ ސްކީމްގައި ބައިވެރިވި ކުންފުނިތަކާއި އިދާރާތަކުގެ އަދަދު 33 އަކަށް އަރާނެ ކަމަށެވެ. އޭގެ އިތުރުން އެލްޖީއޭއިން އެ ސްކީމްގައި ބައިވެރިވުމަކީ ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ވެސް ހައްޖު ސްކީމްގައި ބައިވެރުވުމަށް މަގު ފަހި ވެގެން ދިޔަ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިހާރުވެސް އެތަށް ޕްރައިވެޓް ކުންފުނިތަކާއި އެހެނިހެން އިދާރާތަކުންވެސް މި ސްކީމްގައި ވަނީ ބައިވެރިވެފައި. މި ސްކީމްގެ ސަބަބުން ދުރާލާ ރާވައިގެން ފަސޭހައިން ހައްޖާއި އުމްރާއަށް ދިޔުމުގެ މަގު ފަހިވެގެން ދޭ،" ޔާމީން ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމަކީ މުވައްޒަފުންގެ މަހު މުސާރައިން ވަކި ވަރެއް އުނިކޮށް ހައްޖާއި އުމްރާއަށް ދާން އެ ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭ ސްކީމެކެވެ. އެގޮތުން އެ މުވައްޒަފަކު އެދޭވަރަށް މުސާރައިން އުނި ކުރުމަށް ފުރުސަތު ލިބޭނެ ކަމަށާއި އަދި 75 ޕަސަންޓު ހަމަވުމަށް ފަހު އެމީހަކު ހައްޖަށް ދެވޭނެ އަހަރު ކަނޑައެޅޭނެ ފުރުސަތު ލިބެއެވެ.

ޔާމީން ވިދާޅުވީ މި ސްކީމްގައި މުވައްޒިފުންގެ އިތުރުން އެމީހުންގެ މައިންބަފައިންނާއި އަނބި ދަރިންވެސް ހައްޖަށް ދިއުމަށް ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އ